
ޕީއެންސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު އުޅެނީ 97 އިންސައްތައިގައި: ޕީޖީ ލީޑަރ ފަލާހް

މުޙައްމަދު ފަޟްލޫން - 17 ޑިސެމްބަރު 2025 - 12:50
އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ޕީއެންސީ އިން ބާއްވަން ހަމަޖެހިފައިވާ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު އުޅެނީ 97 އިންސައްތައިގައި ކަމަށް ކެމްޕޭން މެނޭޖަރ އަދި ޕީއެންސީ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާޙިމް ފަލާހް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާޙް ވިދާޅުވީ މިއީ މިހާތަނަށް ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ޕްރައިމަރީ ކަމަށެވެ. މީގެ ކުރިން ބައެއް ޕާޓީތަކުގެ ޕްރައިމަރީގައި އެންމެ މަތީ އަދަދަށް ވާދަކޮށްފައިވާ މެމްބަރުންގެ ނިސްބަތް އުޅެނީ 87 އިންސައްތައިން މަތީގައި ނަމަވެސް މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި 90 އިންސައްތައިން މަތިން ކެންޑިޑެޓުން ބައިވެރިވެފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ޕާޓީތަކުން ޕްރައިމަރީގައި ވާދަކުރަން ހުޅުވާލާ ފުރުސަތުގައި ވާދަކުރުމުގެ މުއްދަތު އިތުރުކުރާކަން ފާހަގަކުރައްވައި ފަލާހް ވިދާޅުވީ ޕީއެންސީގެ ފަރާތުން ޕްރައިމަރީގައި ވާދަކުރުމުގެ މުއްދަތު އިތުރު ކޮށްފައިނުވާ ކަމަށެވެ.
ޕީޢެންސީގެ ފަރާތުން ޕްރައިމަރީގައި ކެންޑިޑޭޓުން ކުރިމަތިލުމަށް ހުޅުވާލީ މި ޑިސެމްބަރު މަހުގެ 1 އިން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
2 ހަފްތާގެ މުއްދަތުގައި ވާދަކުރުމުގެ ފުރުސަތު އިތުރު ނުކޮށް ގިނަ ކެންޑިޑޭޓުން ޕީއެންސީ ޕްރައިމަރީގައި ޕީޢެންސީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން އެދުމަކީ އެޕާޓީއަށް ދިވެހި ރައްޔިތުން ކުރާ ތާއީދާއި ލޯބި ދައްކުވައިދޭ ވަރަށް އަލިގަދަ ހެއްކެއް ކަމަށް ފަލާހް ވިދާޅުވިއެވެ.
މިވަގުތު ކުރިއަށްދަނީ ޕީއެންސީގެ ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކުގައި ޕްރައިމަރީ ބޭއްވުމުގެ މަސައްކަތްތައް ކަމަށް ފަލާހް ވިދާޅުވިއެވެ.
ޕީޢެންސީގެ ޕްރައިމަރީގެ ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަކަށް ކަމަށް ފަލާހް ވިދާޅުވިއެވެ.
ޕީއެންސީގެ ޕްރައިމަރީ ބާއްވަން ހަމަޖެހިފައިވަނީ މި ހިނގާ ޑިސެމްބަރު މަހުގެ 27 ވާ ހޮނިހިރު ދުވަހުއެވެ.
ގުޅުން ހުރި ޙަބަރުތައް

ނައިބު ރައީސް ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައިފި
ގަޑިއިރެއް ކުރިން

ވީއައިއޭ އައު ޓާމިނަލް އިން ސްރީލަންކަން އެއަރލައިންސް އަށް ހިދުމަތްދޭން ފަށައިފި
ގަޑިއިރެއް ކުރިން

ހުޅުމާލެ ފޭސް 3 ގައި މިރޭ ހަވާ އަރުވަނީ
2 ގަޑިއިރު ކުރިން

މިރެއިން ފެށިގެން ދަންވަރު މާލޭގެ އާއްމުތަންތަނުގައި އުޅޭ ބިދޭސީން ޗެކްކުރަން ފަށާނެ: ރައީސް
2 ގަޑިއިރު ކުރިން


