logo
 ރައީސް ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

މިރެއިން ފެށިގެން ދަންވަރު މާލޭގެ އާއްމުތަންތަނުގައި އުޅޭ ބިދޭސީން ޗެކްކުރަން ފަށާނެ: ރައީސް

profile

މުޙައްމަދު ފަޟްލޫން - 17 ޑިސެމްބަރު 2025 - 12:03

ދަންވަރު މާލޭގެ އާއްމު ތަންތަނުގައި އުޅޭ ބިދޭސީން ޗެކްކުރުމުގެ އޮޕަރޭޝަނެއް މިރޭ ފަށަން އަންގަވާފައިވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެކްސްގައި ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށުތެރޭ އާއްމު މަސްލަހަތު ގެއްލޭފަދަ ކަންކަން ކުރަމުންދާ ކަމަށެވެ. އަދި އެކަމުން މުޖުތަމައު ސަލާމަތްކޮށް ރައްކާތެރިކުރަން ހާއްސަ މަސައްކަތެއް ފެށުމަށް ނިންމާފައިވާ ކަަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިރެއިން ފެށިގެން ދަންވަރު 12 އިން ހެނދުނު 6 ޖެހުމާއި ހަމައަށް އާއްމު ތަންތަނާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް އަދި ފާހަގަވާ ކަންކަމާއި ގުޅިގެން ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުންނާއި ކަމާއި ގުޅުންހުރި އިދާރާތަކުން މަސައްކަތް ފެށުމަށް ދަންނަވާފައިވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، މާލޭގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި އާއްމުންގެ ތެރެއިން ބައެއް ފަރާތްތަކުން ވަނީ ބައެއް ބިދޭސީން ދަންވަރުގެ ވަގުތުތަކުގައި މާލޭގެ މަގުތަކުގައި އަޑުގަދަ ކުރާތީ އެކަމުގެ ސަބަބުން އުނދަގޫވާ ކަން ފާހަގަކޮށް އެކަމަށް ހައްލެއް ހޯދައިދިނުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay