
ހުޅުމާލެ ފޭސް 3 ގައި މިރޭ ހަވާ އަރުވަނީ

މުޙައްމަދު ފަޟްލޫން - 17 ޑިސެމްބަރު 2025 - 12:55
ހުޅުމާލެ ފޭސް 3 ގައި މިރޭ ހަވާ އަރުވަން ނިންމާފފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ހަވާ އެރުވުމުގެ ހަރަކާތް ކުރިއަށްދަނީ ހުޅުމާލެ ފޭސް 3 ގައި މިރޭ 20:00 އާއި 20:30 އާއި ދެމެދު ގައެވެ.
ހަވާ އަރުވަނީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) ގެ ފަރާތުން ކަމަށް ވެސް އެމްއެންޑީއެފުން އެކްސްގައި ކޮށްފައިވާ ޕޯސްޓްގައި ވަނީ ބުނެފައެވެ.
ހަވާ އެރުވުމުގެ ހަރަކާތް ކުރިއަށްދާނީ 3 މިނެޓަށް ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ސިފްކޯ އިން ދަނީ ތަފާތު އެކި އެކި މުނާސަބަތުތަކާއި ގުޅިގެން ހަވާ އެރުވުމުގެ ހަރަކާތްތައް ވިޔަފާރި އުސޫލުން އިންތިޒާމް ކޮށްދެމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ނައިބު ރައީސް ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައިފި
ގަޑިއިރެއް ކުރިން

ވީއައިއޭ އައު ޓާމިނަލް އިން ސްރީލަންކަން އެއަރލައިންސް އަށް ހިދުމަތްދޭން ފަށައިފި
ގަޑިއިރެއް ކުރިން

ޕީއެންސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު އުޅެނީ 97 އިންސައްތައިގައި: ޕީޖީ ލީޑަރ ފަލާހް
2 ގަޑިއިރު ކުރިން

މިރެއިން ފެށިގެން ދަންވަރު މާލޭގެ އާއްމުތަންތަނުގައި އުޅޭ ބިދޭސީން ޗެކްކުރަން ފަށާނެ: ރައީސް
2 ގަޑިއިރު ކުރިން


