logo

ސްކޭމްތަކުގައި ޖެހި 1.9 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ގެއްލުމެއް

profile

ރިޟްވާން މޫސާ - 10 ޖެނުއަރީ 2026 - 13:43

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ އަމަލުތައް މިހާރު މިވަނީ އާދަޔާ ޚިލާފު ނުރައްކާތެރި ހިސާބަކަށް ގޮސްފައެވެ. ކުރިން އިއްތިފާގަކުން ނުވަތަ އޮޅުމަކުން ގުޅައިގެން ފައިސާ ހޯދަން އުޅުނު ގޮތް ދޫކޮށްލައި، ސްކޭމަރުން މިހާރު އަމަލުކުރަމުން ދަނީ ކަނޑައެޅިފައިވާ ޚާއްސަ ރޭވުމެއްގެ ދަށުން، ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ.

https://wamco.com.mv/

އޮންލައިންކޮށް މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުން ނުވަތަ ސްކޭމަރުން، އާންމު މީހުންގެ އަތުން ފައިސާ ފޭރިގަތުމަށްޓަކައި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާވާ ނުރައްކާތެރި ރޭވުންތަކެއްގެ މައުލޫމާތު ރޮއިޓާސްއިން ދާދިފަހުން ވަނީ އާންމުކޮށްފައެވެ. މި ރިޕޯޓުގައިވާ ގޮތުން ސައިބާ ކުށްވެރިން މިހާރު އަމަލުކުރަމުންދަނީ ވަރަށް ބޮޑަށް ރާވައިގެން، ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުންގޮސް މީހާ މުޅިން ބަދެވޭނެ ފަދަ ގޮތަކަށެވެ.

އެކި ކަހަލަ ސްކޭމް ތަކުގައި ހަމަ އެކަނި މިދިޔަ މަހުގައިވެސް 1.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުންގެ އެންޓް ސްކޭމް ސެންޓަރުގެ ތަފާސް ހިސާބުތަކުން އެބަ ދައްކަ އެވެ.

މި ސްކޭމް ތަކަކީ ފުލުހުންގެ ތަހުގީގީ އިދާރާ އަށް ހުށައެޅި ހިނގަމުންދާ މައްސަލަތަކާއި، މީގެ ތެރެއިން ބައެއް މައްސަލަތަކުގައި ދައުވާ ކުރަން ފޮނުވައި ކޯޓުގައި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ހިނގަމުންދާ މައްސަލަތައް ކަމުގައި ފާކހަގަ ކުރަން އެބަ ޖެހެ އެވެ.

ރާއްޖެ ފަދަ ކުޑަ ކުޑަ އާބާދީއެއްގައި މަކަރާއި ހީލަތް ހަދައި އޮޅުވާލައިގެން މޮޅެތި ނަންނަމުގައި މިފަދަ ސްކޭމްތައް ހިނގަމުން އަންކަން މިފަހަކަށް އައިސް މިވަނީ ފާހަގަ ކޮށްލެވޭ މިންވަރަށް އިތުރުވާން ފަށާފަ އެވެ.

ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އޮޅުވާލައިގެން މަކަރާއި ހީލަތް ހަދައި ނުވަތަ މީސްމީޑިޔާގެ ޒަރީއާއިން މޮޅެތި ނަން ނަމުގައި އެޕްލިކޭޝަންތައް އުފެއްދުމާއި، ޑޮލަރުގެ ބާޒާރުގައި އޮންލައިކޮށް ޑޮލަރު މާރުކޮށްދޭނެ ކަމަށް ބުނެ އޮޅުވާލުމާއި، ވަޒީފާ ދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކާއި، މި ނޫނަސް ސައިބާރ ކްރައިމްގެ މައްސަލަތައް މި ކުޑަ ކުޑަ މުޖުތަމައުގައި އާންމުވެގެންދާއިރު މި ކަންކަމަށް އަޅުގަނޑުމެން ސަމާލުކަން ނުދޭންވީ ކީއްވެކަމާމެދު މިއަދު ސުވާލު އުފެދެއެވެ.

ޓެކްނޮލޮޖީގެ މި ދުނިޔޭގައި ހަގީގަތާއި އެއްގޮތައް އަސްލާއި އެއްގޮތައް ކަންކަމާއި މަންޒަރު ދައްކުވައިދޭއިރު މި ކަންކަމުގެ މައްޗަށް ފާރަވެރިވެ މި މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ތިބި މުއައްސަސާތަކުން ކުރެވޭ މަސައްކަތް އޭގެ ނިސްބަތަށް ބަލާއިރު ވަރަސް ވެސް ކާމިޔާބު ކަމުގައި ދެކެމެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުއެކަނި 179 މައްސަލައެއް ހުށަހަޅައިފައިވާއިރު، އެ މައްސަލަތަކުގައި އޭގެ ތެރެއިން 89 މައްސަލައެއްގައި ފައިސާ އެއްކޮށް އަނބުރާ ހޯދައި 45 މައްސަލައެއްގައި ފައިސާގެ ތެރެއިން ބައެއް ހޯދައިފައިވެ އެވެ.

ރާއްޖޭގައި ވެސް އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ބޮޑެތި އަދަދުތަކުން ސްކޭމް ކުރުމުގެ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅައިފައިވެއެވެ. މިދިޔަ މަހުގެ 15ގައި ފުލުހުން ބުނި ގޮތުގައި، ސްކޭމުތަކުގައި އާންމުކޮށް ޖެހެނީ 35 އަހަރުން ދަށުގެ މީހުން ކަމަށާއި، އަންހެނުންނަށް ވުރެ ގިނައިން ފިރިހެނުން އެފަދަ ސްކޭމްތަކުގައި ޖެހޭ ކަމަށް ފާހަގަވެފައިވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay