އަންނަ ޖުލައިގެ ކުރިން އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރާނަން: ރައީސް

ރިޟްވާން މޫސާ - 08 މާރިޗު 2026 - 08:04
އަންނަ އަހަރުގެ ޖުލައި މަހުގެ ކުރިން، އައްޑުއަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ދިގުދެމިގެންދާ ހައްލެއް އަންނާނެ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.ޕީއެންސީން އައްޑުއަށް ކަނޑައަޅާފައިވާ މެނިފެސްޓޯ "ދަ ގްރޭޓާ އައްޑޫ" ލޯންޗުކުރުމަށް ހެންވޭރު އާޓިފިޝަލް ބީޗުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ، އައްޑުއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް އެމަނިކުފާނު ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ތަކުރާރު ކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ އައްޑޫ ސިޓީގެ ކަރަންޓުގެ މި މައްސަލަ އަކީ ނިމިގެން މިދިޔަ ހުރިހައި ވެރިކަމެއްގައިވެސް އޮތް ހައްލު ނުކުރެވުނު ބޮޑު މައްސަލަ އެއް ކަމަށާއި، އެމަނިކުފާނު އައްޑޫގެ ރައްޔިތުންނަށް އެކަން ކޮށްދެއްވާނެ ކަމުގަ އެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ދާއިމީ އެއްބަސްވުމެއްްގައި އިއްޔެ ވަނީ ސޮއިކޮށްފަ އެވެ.
އައްޑުއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިދިޔަ މާރިޗު މަހުގެ 13ވަނަ ދުވަހު އެ ސިޓީއަށް އެއް މެގަވޮޓުގެ ޖެނެރޭޓަރު ސެޓެއް ގެންދިޔައެވެ. އެއަށް ފަހު، ހަމަ އެ މަހުގެ 25ވަނަ ދުވަހު ވަނީ 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް އެ ސިޓީއަށް ފޮނުވައިފައެވެ. އެ ޖަނަރޭޓަރު އޮޕަރޭޝަނަށް ގެނައީ މާރިޗު މަހުގެ 31ވަނަ ދުވަހުގައެވެ.
ފެނަކައިންނާއި އައްޑޫ ސިޓީ ކައުންސިލުން ވެސް މީގެ ކުރިން ބުނި ގޮތުގައި އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވަނީ 15 ކިލޯވޮޓްގެ ޖަނަރޭޓަރެވެ.






.gif&w=3840&q=75)