logo

މިދިޔަ މަހު 412 މީހަކަށް ވަނީ ޑެންގީ ހުން ޖެހިފައި: އެޗްޕީއޭ

profile

މުޙައްމަދު ފަޟްލޫން - 13 މާރިޗު 2026 - 08:21

މިދިޔަ މަހު 412 މީހަކަށް ޑެންގީ ހުން ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން ބުނެފިއެވެ.

https://wamco.com.mv/

އެޗްޕީއޭގެ ހުސްވި މަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ޖެނުއަރީ މަހު ޑެންގީ ހުން ޖެހިފައިވަނީ 668 މީހަކަށެެވެ.

މިދިޔަ އަހަރާ އަޅައިބަލާއިރު، މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރެވިފައިވާ ފަރާތްތަކުގެ އަދަދު އެދެވޭ ގޮތެއްގައި ދަށަށް ގޮސްފައިވާ ކަން ތަފާސްހިސާބުތަކުން ހާމަވެއެވެ.

މި އަހަރުގެ ޖެނުއަރީ މަހާ އަޅައިބަލާއިރު، ފެބްރުއަރީ މަހު ރޯގާ ޖެހިގެން ރިޕޯޓުކުރެވިފައިވާ ކޭސްތަކުގެ އަދަދު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް ދަށްވެފައެވެ. އެގޮތުން، ފެބްރުއަރީ މަހު ޖުމްލަ 23،573 ކޭސް ރިޕޯޓުކުރެވިފައިވާ އިރު، ޖެނުއަރީ މަހު ރިޕޯޓުކުރެވިފައިވަނީ 35،693 ކޭސްއެވެ.

އިންފްލުއެންޒާއާ ގުޅޭ ތަފާސްހިސާބުތަކަށް ބަލާއިރު، ފެބްރުއަރީ މަހު އެ ބައްޔަށް ޕޮސިޓިވް ވެފައިވަނީ އެންމެ 8 ފަރާތެކެވެ.

ޖެނުއަރީ މަހު މި އަދަދު 99 އަށް އަރައިފައިވެއެވެ.

މި އަހަރުގެ މިހާތަނަށް ޖުމްލަ 920 ފަރާތެއް އިންފްލުއެންޒާއަށް ޓެސްޓުކުރެވިފައިވާ އިރު، އޭގެ ތެރެއިން 107 ފަރާތެއް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ބޭރަށް ހިންގުމާ ގުޅޭ ތަފާސްހިސާބުތަކަށް ބަލާއިރު ވެސް، ޖެނުއަރީ މަހާ އަޅައިބަލާއިރު ފެބްރުއަރީ މަހު ރިޕޯޓުކުރެވިފައިވާ ކޭސްތަކުގެ އަދަދު ދަށްވެފައިވާ ކަން ފާހަގަކުރެވެއެވެ. ފެބްރުއަރީ މަހު ބޭރަށް ހިންގައި ހޮޑުލެވޭ ތަކުލީފުގައި ޑޮކްޓަރަށް ދެއްކި ފަރާތްތަކުގެ އަދަދު 7،196 އަށް ދަށްވެފައިވާއިރު، ޖެނުއަރީ މަހު ޑޮކްޓަރަށް ދެއްކި ފަރާތްތަކުގެ ޖުމްލަ އަދަދަކީ 8،429 އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk