
އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުޙައްމަދު
ޑޮމެސްޓިކް އޮޕަރޭޝަންތައް ޓާމިނަލް 2 އަށް ބަދަލުވުގެންދިއުމަކީ ކާމިޔާބީއަށް އިތުރުވި ބޮޅެއް: އެމްޑީ ޝަރީފް

މުޙައްމަދު ފަޟްލޫން - 20 ފެބްރުއަރީ 2026 - 10:34
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ޓަރމިނަލް 2 އަށް ޑޮމެސްޓިކް އޮޕަރޭޝަން ބަދަލުވެގެން ދިއުމަކީ ވީއައިއޭ އިން ދޭ ހިދުމަތްތައް ފުޅާކޮށް ހަރުދަނާކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރަމުން އަންނަ މަސައްކަތަށް އިތުރުވި އާ ބޮޅެއް ކަމަށް ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ވީއައިއޭގެ ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަން, ޓަރމިނަލް 2 އަށް ރަސްމީކޮށް ބަދަލުކުރުމަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ވީއައިއޭގެ ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަން, ޓާމިނަލް 2 އަށް ބަދަލުކޮށް ރަސްމީކޮށް ހުޅުވިގެން ދިއުމަކީ ޑޮމެސްޓިކް އޮޕަރޭޝަންގެ މުޅިން އާ ބާބެއްގެ ފެށުން ކަމަށެވެ.
އަދި އެމްއޭސީއެލްގެ ކޮންމެ މަސައްކަތެއް, ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ގާތުން ބައްލަވައި ކަންކަމުގައި އިރުޝާދާއި ލަފާފުޅު ދެއްވާކަމަށް ވިދާޅުވެ އެކަމަށްޓަކައި އެމްޑީ ވަނީ ރައީސްއަށް ޝުކުރު ދަންނަވައިފައެވެ.
ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުޙައްމަދު ވިދާޅުވީ, ވީއައިއޭގެއިންޓަރނޭޝަނަލް ފަސިންޖަރުންނެކޭ އެއްވަރަށް ޑޮމެސްޓިކް ފަސިންޖަރުންގެ އަދަދު ވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު ޕީކް ސީޒަންތަކުގައި ކުރީގެ ޑޮމެސްޓިކް ޓަރމިނަލް ވަރަށް ބޮޑަށް ތޮއްޖެހިގެންދާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ގޭހާއި ތެޔޮ އަދި ކާބޯތަކެތި ހުސްނުވެ ލިބޭނެކަން ޔަގީންކުރެވެންވާނެ: ފައިސަލް ނަސީމް
6 ގަޑިއިރު ކުރިން

އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ 5 މީހުން މަރުވުން، ވިސްނާލުން މުހިއްމު ކަމެއް !
ދުވަހެއް ކުރިން

އަލިފާނުގެ ހާދިސާގައި ބިދޭސީންތަކެއް މަރުވި މައްސަލަ އެޗްއާރުސީއެމްގެ ސަމާލުކަމަށް!
ދުވަހެއް ކުރިން

މަސްތުވާތަކެތީގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ދުވަހެއް ކުރިން


.gif&w=3840&q=75)