logo

ހުސްވި އަހަރުގެ އެކަނިވެސް 41 މަސްކަނދުފަތި އަޅައިފިން: ރައީސް

profile

މުޙައްމަދު ފަޟްލޫން - 06 ފެބްރުއަރީ 2026 - 12:40

ހުސްވި އަހަރު އެކަނިވެސް 41 މަސްކަނދުފަތި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރިޔާސީ ބަޔާނުގައި މަސްވެރި ސިނާއަތުގެ ކުރިއެރުމާއި ތަސައްވުމާއި ތަފާސް ހިސާބުތަކަށް ރައީސް ވަނީ ތަފްސީލީކޮށް އަލިއަޅުއްވާލައްވާފައެވެ.

ހުސްވި އަހަރަކީ އެއް އަހަރެއްގައި މިހާތަނަށް އެންމެ ގިނަ ކަނދުފަތި ގާއިމްކުރި އަހަރުކަން ފާހަގަކޮށް ރައީސް ވިދާޅުވީ ހުސްވި އަހަރު 41 މަސްކަނދުފަތި ރާއްޖޭގެ އެކި ހިސާބުގައި އަޅާފައިވާ ކަމަށެވެ.

މަސްވެރިންގެ ގައުމީ ދަފްތަރެއް ގާއިމްކޮށް އެ ދަފްތަރުގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިފަހަރުގެ 100 އިންސައްތަ ދޯނި ބައިވެރިވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މަސްވެރިންގެ ދަފްތަރާއެކު މަސްވެރިންނަށް ފައިނޭންޝަލް ފެސިލިޓީތަކުގެ ހިދުމަތް މިއަދު ލިބެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް ބީއެމްއެލް މެދުވެރިކޮށް 80 ފަރާތަކަށް ޖުމްލަ 10.4 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި 'މަހާ މަންފާ' ގެ ނަމުގައި އައު ފައިނޭންސިންގ ސްކީމެއް މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ޙާރަކާތްތަކުގެ ތެރެއިން ތައާރަފްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ބޮޑުކަންނެލި މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ މިސަރުކާރުން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި ދޫކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay