
މަސްތުވާތަކެތި އެތެރެކުރި 65 އަހަރުގެ މީހަކު އުމުރަށް ޖަލަށް!

ރިޟްވާން މޫސާ - 06 ފެބްރުއަރީ 2026 - 18:10
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ކުށް ސާބިތުވެ، އުމުރުން 65 އަހަރުގެ މީހަކު އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އެމީހާ މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ މާޓުކުރިތަކެއްގަ އެވެ.
ކްރިމިނަލް ކޯޓުން މި މައްސަލާގައި ހުކުމް ކުރީ އައްޑޫ ސިޓީ ހިތަދޫ، ވެހެތާނުގެ އަބްދުﷲ ޞާދިގުގެ މައްޗަށެވެ.
ހުކުމުގައި ވަނީ، ސެޕްޓެންބަރު 17، 2024ގެ 19:14ހާއިރު ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކުން ރާއްޖެ އައިސް، ސާދިގު ވީއައިއޭގައި ހުއްޓައި ކަސްޓަމްސްއިން އޭނާ ހުއްޓުވައި އޭނާގެ ލަގެޖް ފޮށިތަކުގެ ތެރެއިން ފޮށްޓެއް އެކްސްރޭއިން ބެލި ކަމަށެވެ.
އެ ފޮށީގައި އޮތް މާޓުކުރިތަކެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައިވާކަން ފާހަގަވި ކަމަށް އެ ހުކުމުގައިވެއެވެ.
އެގޮތުން ފޮރުވާފައިވާ އެކި ޕެކޭޖްތަކުން އެކި ބަރުދަނުގެ މަސްތުވާތަކެތި ފެނުނު ކަމަށާއި އޭގެ ތެރޭގައި، 169.5 ގުރާމާއި 35 ގުރާމާއި 68.5 ގުރާމުގެ ޑައިމޯފިން ހިމެނޭ ޕެކޭޖުތައް ހިމެނުނު ކަމަށް ހުކުމުގައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަން ފެށިތާ ގިނަ އިރުތަކެއް ނުވެ ލަންކާގެ ދެ ބޯޓެއް ހިފަހައްޓައިފި
2 ގަޑިއިރު ކުރިން

ރޯދަ އަށް މާލެތެރެ ސާފުކުރަނީ
2 ގަޑިއިރު ކުރިން

ރާއްޖޭގައި ބިނާކުރެވޭ އެންމެ ބޮޑު މިސްކިތް ސެޕްޓެމްބަރު މަހު ފަށަނީ
7 ގަޑިއިރު ކުރިން

ބޮޑެތި އުންމީދުތަކެއް، ތަރައްގީގެ އާ ތާރީޚެއް، ފުރިހަމަ ރިޔާސީ ބަޔާނެއް
7 ގަޑިއިރު ކުރިން


