
ހުޅުމާލެއިން މަސްތުވާ އެއްޗިއްސާއެކު ދެ ދިވެއްސަކާއި ބިދޭސީއެއް ހައްޔަރުކޮށްފި

ރިޟްވާން މޫސާ - 19 މޭ 2026 - 06:59
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެ ފޭސް 1 އިން ތިންމީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އިންޑިޔާ ރައްޔިތެއް ކަމަށްވާ އުމުރުން 39 އަހަރުގެމަރިޔައްޕަން ގަނެޝަން އާއި، ނ. ކެނދިކުޅުދޫ ގުލްފާމްގެ، އުމުރުން 27 އަހަރުގެ އިބްތިޝާމް ޢަލީ އާއި ސ. ހިތަދޫ ދެކުލައަރާގެ، އުމުރުން 54 އަހަރުގެއިބްރާހީމް މަޢުޞޫމް އެވެ.
މި ތިންމީހުންގެ ތެރެއިން ނ. ކެނދިކުޅުދޫ / ކުޅުދޫ. ގުލްފާމްގެ، އިބްތިޝާމް ޢަލީ އާއި ސ. ހިތަދޫ / ދެކުލައަރާގެ، އިބްރާހީމް މަޢުޞޫމް ހައްޔަރުކޮށްފައި ވަނީ މި މެއި މަހުގެ 18 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުންދިޔައިރު، އެ މީހުންނާމެދު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްފައެވެ.
ހުޅުމާލޭ ނިރޮޅުމަގުން އިބްތިޝާމް ޢަލީ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 39 ރަބަރު ޕެކެޓު ފެނިފައިވެއެވެ. އަދި ހުޅުމާލެ ފޭސް 1 ސްޓެލްކޯ ކައިރިން އިބްރާހީމް މަޢުޞޫމް ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އިބްތިޝާމް ޢަލީއާއި، އިބްރާހީމް މަޢުޞޫމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މިމައްސަލައިގައި އިންޑިޔާ މީހާ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުުކުރެވޭ މައްސަލައާ ގުޅިގެން މި މެއި މަހުގެ 17 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ހުޅުމާލޭ ފިތުރޯނުމަގުން އޭނާ ހުއްޓުވައި ބަަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 10 ފުޅި ފެނިފައިވެއެވެ. މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އޭނާ މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ
މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު 25 އަހަރަށް ޖަލަށް!
21 ގަޑިއިރު ކުރިން

ސިފައިންގެ ތަމްރީނުގައި ބައިވެރިވި ކުދިން ތިބި ލޯންޗެއް ފަޅައިގެން ގޮސް އަޑިއަށް ހިނގައްޖެ
2 ދުވަސް ކުރިން

ޙައްޖުވެރިންގެ ތިންވަނަ ގުރޫޕް ފުރައިފި
2 ދުވަސް ކުރިން
.jpeg&w=3840&q=75)
ވަގަށް އެތެރެކުރަން އުޅުނު 2.3 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި
2 ދުވަސް ކުރިން


.gif&w=3840&q=75)