logo

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު 25 އަހަރަށް ޖަލަށް!

profile

ރިޟްވާން މޫސާ - 19 މޭ 2026 - 06:58

މަސްތުވާތަކެތީގެ މައްސަލައެއްގައި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ މީހަކު 25 އަހަރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

https://wamco.com.mv/

މި މައްސަލއިގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ނ މިލަދޫ އުމުރުން 43 އަހަރުގެ އަހުމަދު އަބުދުލް ހާދީ އެވެ.

ކޯޓުން އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވުމުން ވަނީ 25 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. މި ހުކުމް އިއްވާފައިވަނީ އިއްޔެ އެވެ.

އޭނާގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުންނެވެ.

މި މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި ވަނީ 2022 މާރިޗު 4 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2022 އެޕްރީލް 11 ވަނަ ދުވަހުއެވެ.

މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް، ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk