
1000 ހައުސިންގ ޔުނިޓުގެ މަސައްކަތް ދިވެހި ކުންފުނިތަކާ ހަވާލުކުރަނީ

މުޙައްމަދު ފަޟްލޫން - 22 ޖޫން 2026 - 11:32
ދިވެހި ކުންފުނިތަކާ ގުޅިގެން ކުރިއަށްގެންދާ 1,000 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ މަސައްކަތްތައް މި ހަފުތާގެ ތެރޭގައި އެ ފަރާތްތަކާ ރަސްމީކޮށް ހަވާލުކުރުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާކަމަށް ހައުސިންގ މިނިސްޓްރީ އިން ބުނެފިއެވެ.
މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ނާޒިމް މުހައްމަދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢު ސައްތަ އިންސައްތަ ދިވެހި ކުންފުނިތަކާ ޙަވާލުކޮށްގެން ކުރިއަށް ގެންދިއުން ކަމަށެވެ.
މި މަޝްރޫޢު ބަހާލެވިފައިވަނީ ފަސް ކުންފުންޏެއްގެ މައްޗަށެވެ.
ކޮންމެ ކުންފުންޏަކުން ވެސް 200 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫޢުގެ ދަށުން ބިނާކުރާ އެޕާޓްމަންޓްތަކަކީ މިހާތަނަށް ރާއްޖޭގައި އިމާރާތްކޮށްފައިވާ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ އަޅާބަލާއިރު ޖާގަ ތަނަވަސް ތަންތަނަށް ވެގެންދާނެއެވެ. ކޮންމެ ކުންފުންޏަކަށް ޙަވާލުކުރާ ޔުނިޓުތަކުގެ ތެރޭގައި ހިމެނެނީ 2 ކޮޓަރީގެ 60 އެޕާޓްމަންޓާއި 3 ކޮޓަރީގެ 140 އެޕާޓްމަންޓެވެ.
ތަންތަނުގެ ބޮޑުމިނަށް ބަލާއިރު، 2 ކޮޓަރީގެ އެޕާޓްމަންޓްތައް 700 އަކަފޫޓަށްވުރެ ބޮޑުވާނެއެވެ.
3 ކޮޓަރީގެ އެޕާޓްމަންޓްތައް ފަރުމާކޮށްފައިވަނީ 950 އަކަފޫޓަށްވުރެ ބޮޑުވާނެ ގޮތަށް ކަމަށް ހައުސިންގ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
މި ތަންތަނުގެ ސައިޒަށް ބަލާއިރު، 2 ކޮޓަރީގެ އެޕާޓްމަންޓުތައް 700 އަކަފޫޓަށް ވުރެ ބޮޑުވާނެ ކަމަށާއި، 3 ކޮޓަރީގެ އެޕާޓްމަންޓުތައް 950 އަކަފޫޓަށް ވުރެ ބޮޑުވާނެ ކަމަށް ހައުސިންގ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޓްރީޓޮޕުން ލ. އަތޮޅުގައި މަލްޓި ސްޕެޝަލިޓީ ހެލްތު ކޭމްޕް ކުރިއަށް ގެންގޮސްފި
ގަޑިއިރެއް ކުރިން

މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވިކަމުގެ ކުށް ލަމްހާގެ މައްޗަށް ސާބިތުވެއްޖެ
2 ގަޑިއިރު ކުރިން

ޗާންދަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު، ވަގުތީ ގޮތުން ހުޅުވާލައިފި
2 ގަޑިއިރު ކުރިން

އިމާމުން އިތުރުކުރުމަށް ޢާއްމު އިމްތިޙާނެއް ތަޢާރަފްކުރަނީ
6 ގަޑިއިރު ކުރިން


.gif&w=3840&q=75)