logo

ޢީދު ބަންދާ ދިމާކޮށް އާންމު ޝެޑިއުލްއިން ބޭރުން 200 ދަތުރު މޯލްޑިވިއަނުން އިތުރުކޮށްފި

profile

އާމިނަތު ޝަޒްލާ - 24 މޭ 2026 - 15:44

ޢީދު ބަންދާ ދިމާކޮށް އާންމު ޝެޑިއުލްއިން ބޭރުން 200 ދަތުރު މޯލްޑިވިއަނުން އިތުރުކޮށްފިއެވެ. ސަރުކާރުން ހާމަކޮށް ބުނެފައިވަނީ ޢީދު ބަންދާއި ދިމާކޮށް ކޮންމެ އަހަރަކުވެސް ދަތުރުކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

https://wamco.com.mv/

'ޕްރެސަރ ވިތު ދަ ސްޕޮކްސް'' ސިލްސިލާގެ ދަށުން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ ޢީދު ބަނދާއި ދިމާކޮށް ދަތުރުކުރުތައް އިތުރުވުމަކީ ކޮންމެ އަހަރަކުވެސް ފެންނަ ކަމެއް ކަމަށެވެ. އެހެން ކަމުން މިކަމަށް އެއަރލައިންތަކުން ދުރާލާ ތައްޔާރުވާކަމަށެވެ.

މި ދުވަސްވަރަކީ އެތެރޭގެ އުދުހުންތަކަށް އެންމެ ލޯޑު ބޮޑުވާ ދުވަސްވަރު ކަމަށާއި، މި ކަމަށް ދުރާލާ މޯލްޑިވިއަންއިން ތައްޔާރުވެ ފްލައިޓުގެ އަދަދު އިތުރުކޮށްފައިވާ ކަމަށް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. އަދި ޢީދު ބަނދުގެ ދަތުރުގެ މުއްދަތު ކަމަށް ބަލައި 17 މޭ އިން ފެށިގެން ޖޫން 2 ވަނަ ދުވަހާއި ހަމައަށް، ޖުމްލަ 1277 ފްލައިޓް މޫވްމެންޓް ޝެޑިއުލް ކުރެވިފައިވާ ކަމަށް ވެސް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

ޝެޑިއުލްކޮށް އާންމު ތަވާލުގެ ތެރެއިން ކުރާ ދަތުރުކުރާ 1014 ފްލައިޓާއި ޝެޑިއުލް ބޭރުން މި ދުވަސްވަރަށް ޚާއްސަކޮށް ދަތުރުކުރާ 213 ފްލައިޓު ހިމެނޭ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ. މިއަދަދުތަކަށް ބަލާނަމަ މިމުއްދަތުގެ ތެރޭގައި އަޅާ ކޮންމެ 5 ފްލައިޓަކުން އެއް ފްލައިޓަކީ އެހެން މަސް މަހު އަޅާ ފްލައިޓުތަކަށް ވުރެ އިތުރު ފްލައިޓެކެވެ.

ކޮންމެ އަހަރަކުވެސް ޢީދު ބަންދާއި ދިމާކޮށް އެތެރޭގެ އުދުހުންތައް ދަނީ އިތުރުވަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk