
ނޯވޭ ބަލިކޮށް އިންގްލެންޑް ވޯލްޑް ކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފި

މުޙައްމަދު ފަޟްލޫން - 12 ޖުލައި 2026 - 09:27
ނޯވޭގެ މައްޗަށް ކުރިހޯދައި، ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލުން އިންގްލެންޑް ޖާގަ ކަށަވަރުކޮށްފިއެވެ.
ވާދަވެރި ކުޅުމަކަށްފަހު އިންގްލެންޑުން މި މެޗު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ނޯވޭއިންނެވެ.
މި ލަނޑު މެޗުގެ 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަންދްރޭސް ޝެލްޑެރަޕްއެވެ.
ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޖޫޑް ބެލިންގހަމް ވަނީ ލަނޑެއް ޖަހައި އިންގްލެންޑަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މެޗުގެ ދެވަނަ ހާފުގައި ނޯވޭއިން އިތުރު ލަނޑެއް ޖެހި ނަމަވެސް، ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށްޓަކައި ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އިންގްލެންޑުން ވަނީ ދެވަނަ ލަނޑު ޖަހާފައެވެ.
މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ބެލިންގހަމްއެވެ.
އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރުވެސް ނޯވޭއަށް ނަތީޖާ ހަމަހަމަ ކުރެވޭގޮތް ވަނީ ނުވެފައެވެ.
މި މޮޅާއެކު މުބާރާތުގެ ސެމީ ފައިނަލަށް އިންގްލެންޑް ދަތުރުކޮށްފައިވާއިރު، އެ ބުރުގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ އާޖެންޓީނާއާއެވެ.
ގުޅުން ހުރި ޙަބަރުތައް

ގުޅުންތަކުގެ ވިންދު - އަނެކުންނަށް
ގަޑިއިރެއް ކުރިން

ސިއްހަތަށް ފައިދާހުރި ކެއުން: އަވަހަށް ތައްޔާރުކޮށްލެވޭ، ހަށިގަނޑަށް ފައިދާހުރި ފަސޭހަ ރެސިޕީތައް
2 ގަޑިއިރު ކުރިން

އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސްގެ ސިލްވަރ ސްޕޮންސަރެއްގެ ގޮތުގައި ޕެންޝަން އޮފީސް ހަމަޖެހިއްޖެ
17 ގަޑިއިރު ކުރިން

ރަސްމާލެ މަޝްރޫއާއި ގުޅުވައިގެން ތަފާތުވާހަކަ ދައްކަނީ ބިރުވެރިކަން އުފައްދަން: ރައީސް
20 ގަޑިއިރު ކުރިން


