logo

ލޮނުޒިޔާރަތް ޕާކު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަނީ

profile

ޔޫޝައު ހަސަން - 18 އޭޕްރީލު 2023 - 07:52

ލޮނުޒިޔާރަތް ޕާކު

ލޮނުޒިޔާރަތް ޕާކު

ލޮނުޒިޔާރަތް ޕާކުގެ އާބާތުރާ ފިލުވައިދޭނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.

https://wamco.com.mv/

އެ ކައުންސިލުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ލޮނުޒިޔާރަތް ޕާކުގެ އެކި ދިމާލުގައި ހަލާކުވެފައި ހުރި ތަންތަން އިތުރަށް މަރާމާތު ކުރުމަށް ބޭނުންވެފައިވާ ކަމަށާއި މި މަސައްކަތްތައް އަމިއްލަ ހަރަދުގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. އަދި މި މަސައްކަތަށް ބީލަން ހުށަހެޅުމުފެ ފުރުސަތު ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ވަނީ ހުޅުވާލެވިފައެވެ.

އެހެންކަމުން މި މަސައްކަތަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.

މައުލޫމާތު ސާފުކުރުން އޮންނާނީ މި މަހުގެ 20 ވަނަ ދުވަހު ހެނދުނު 11:00 ޖަހާއިރު މާލެ ސިޓީ ކައުންސިލްގައެވެ. އަގު ހުށަހެޅުން އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު ހެނދުނު 11:00 ޖަހާއިރު ކައުންސިލްގެ އިދާރާއިގައި ކަމަށް ވެސް ސިޓީ ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.

އަދި މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމަށް އިއުލާންގައިވެއެވެ.

https://wamco.com.mv/
tel:+9607331319