
ނަރުހުންނަށް ހާއްސަ ގައުމީ ފެންވަރުގެ ފުރަތަމަ ހިނގާލުން އެމްއެންޔޫގެ އެސްއެންއިން ބާއްވައިފި
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 17 މޭ 2025 - 14:02
ދިވެހިރާއްޖޭގައި ނަރުހުންނަށް ހާއްސަކޮށް ބޭއްވި ގައުމީ ފެންވަރުގެ ފުރަތަމަ ހިނގާލުން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ - އެމްއެންޔޫގެ ސްކޫލް އޮފް ނާސިންގ (އެސްއެން)އިން ބާއްވައިފިއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްގެންދިޔަ މި ހިނގާލުމުގެ މައިގަނޑު ހަރަކާތް އޮތީ ހޮނިހިރު ދުވަހުގެ ހަވީރު 4:00ގައި ހުޅުމާލޭގައެވެ.
މިހިނގާލުމުގައި. މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރައްވާ ގިނަ އަދަދެއްގެ ނަރުހުންނާއި ނަރުސްކަން ކިޔަވާ ދަރިވަރުންގެ އިތުރުން ބައެއް މުވައްސަސާތަކުން ބައިވެރިވިއެވެ.
މި ހަރަކާތް ފަށާފައި ވަނީ ހުޅުމާލޭ ކްލޭ ސްޓޫޑިއޯ ކުރިމަތިންނެވެ. ހަރަކާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ރައްޒާޤް އިބްރާހީމްއެވެ.
މިރަސްމިއްޔާތުގައި، ސްކޫލް އޮފް ނާސިންގެ ޑީން އާސިޔާ އިބްރާހީމްގެ އިތުރުން ސީނިއަރ ލެކްޗަރާއިންނާއި ލެކްޗަރާއިން އަދި ނަރުހުންނާއި، ސްކޫލް އޮފް ނާސިންގެ ދަރިވަރުންނާއި ޒިކްރާ އިންޓަނޭޝަނަލް ކޮލެޖްގައި ނަރުސްކަން ކިޔަވަމުންދާ ދަރިވަރުންވެސް ބައިވެރިވެފައިވެއެވެ.
ހިނގާލުމުގެ ބައިވެރިންތަކެއް ފޮޓޯއަކަށް ހުއްޓިލައިގެން -- ފޮޓޯ: ޒިދާން މުހައްމަދު/ އަސްލު
މި ހަރަކާތަށް އެޗްޑީސީ، އެސްޓީއޯ، ކްލޭ ސްޓޫޑިއޯ އަދި މޯލްޑިވިއަން ރެޑްކްރެސެންޓުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި ހަރަކާތަށް ހާއްސަކޮށްގެން މިއަދު ވަނީ ހާއްސަ ލަވައެއްވެސް އިފްތިތާހުކޮށްފައެވެ. "ލޭފަވެތިވި ނަރުހުން" މިލަވައަކީ ޝާސްޓޫޑިއޯ އަދި ލިޔާ ކުއްޖާ ގުޅިގެން އުފައްދާފައިވާ ލަވައެކެވެ.
މިއީ ނަރުހުންގެ ދުވަހުގެ ޝިއާރުތައް ފާޅުކޮށް، ނަރުހުންގެ އިންސާނީ ޚިދުމަތް ފާހަގަކުރުމަށް ބޭއްވި ހިނގާލުމެކެވެ.
ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް، ގައުމީ ޔުނިވާސިޓީގެ ނަރުހުންނަށް ހާއްސަ ފެކަލްޓީން ވަނީ ޖުމުލަ ތިން ހަރަކާތެއް އިންތިޒާމުކޮށްފައެވެ.
މިގޮތުން 12 މޭ 2025 ވީ ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހު އެމްއެންޔޫގައި ވަނީ ސެމިނަރއެއް ބާއްވައި ކޭކުފެޅުމުގެ ހަފުލާއެއް ބާއްވާފައެވެ.
17 ވަނަ ދުވަހު ހިނގާލުމެއް ބާއްވާފައިވާއިރު 29 ވަނަ ދުވަހު ހުޅުމާލޭގައި ހެލްތު ފެއަރއެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ރާވާފައެވެ.
މި ހަރަކާތް އޮންނާނީ އެ ދުވަހުގެ ހަވީރު ހުޅުމާލޭ ރުއްގަނޑު - 1 ގައެވެ.
ދުނިޔޭގެ ނަރުހުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ 12 ވަނަ ދުވަހެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން