logo
ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބު އަބްދުﷲ / ފޮޓޯ: އަސްލު ޓީވީ

ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބު އަބްދުﷲ / ފޮޓޯ: އަސްލު ޓީވީ

ބޮޑު ބަދަލުގައި މަޖިލިސް މެމްބަރުންގެ އަދަދަކީ 89: ޔައުގޫބު

profile

މުޙައްމަދު ފަޟްލޫން - 24 ސެޕްޓެމްބަރު 2026 - 12:39

"ބޮޑު ބަދަލު" އިސްލާހީ ހަރަކާތުގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދު 89 އަށް ވުރެ އިތުރު ނުވާނެހެން ހިފެހެއްޓުމަށް ނިންމާފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔަޢުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އަސްލު ޓީވީގެ ބޮޑު ބަދަލު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޔަޢުގޫބު ވަނީ، އެ ހަރަކާތުގެ ދަށުން މަޖިލީހުގެ މެންބަރުންގެ ގޮނޑިތައް ބަހާލުމަށް ރާވާފައިވާ ގޮތުގެ ތަފްސީލު ހާމަކުރައްވާފައެވެ.

މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު 89 ގައި ހިފެހެއްޓުމަށްފަހު، ރާއްޖޭގެ ކޮންމެ އަތޮޅަކަށް މަދުވެގެން އެއް މެންބަރަކު ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ.

މި އުސޫލުގެ ދަށުން، 20 އަތޮޅާއި 4 ސިޓީ ހިމެނޭހެން ޖުމްލަ 24 ގޮނޑި ހާއްސަ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ބާކީ ހިމެނޭ 65 ގޮނޑި ބަހާލުމަށް ހަމަޖެހިފައިވަނީ އާބާދީގެ ނިސްބަތަށް ބަލައިގެންނެވެ. އެހެންކަމުން، އާބާދީ ބޮޑެތި ސަރަޙައްދުތަކަށް 2، 3 ނުވަތަ 4 މެންބަރުން ތަމްސީލުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޔަޢުގޫބު ވިދާޅުވިއެވެ.

ހަމައެއާއެކު، އާބާދީގެ ނިސްބަތުން މެންބަރުން ކަނޑައަޅާއިރު، އެއް މެންބަރަށް ވުރެ އިތުރަށް ގޮނޑި ލިބޭ ކޮންމެ ދާއިރާއެއްގެ ދެވަނަ ގޮނޑި އަންހެނުންނަށް ހާއްސަކުރަން އިސްލާހުގައި ހިމަނާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޔަޢުގޫބު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 89 ކަމުގައި ވާނަމަ، އޭގެ 25 އިންސައްތަ ހާއްސަވަނީ އަންހެނުންނަށެވެ.

މީގެއިތުރުން، މަޖިލިސް އިންތިހާބުގައި އަންހެނުންނަށް ހުރިހާ ދާއިރާއަކަށް ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، ނަމަވެސް އަންހެނުންނަށް ހާއްސަކުރެވިފައިވާ 23 ގޮނޑިއަށް ފިރިހެނުންނަށް ވާދަނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު، އާބާދީގެ ނިސްބަތުން މެންބަރުން ކަނޑައަޅާއިރު، 1 މެންބަރަކު އިންތިހާބުކުރާ އަތޮޅުތަކުގެ އެ ގޮނޑިއަކީ ކޮންމެހެން އަންހެން މެންބަރަކު އިންތިހާބު ކުރަންޖެހޭ ގޮނޑިއަކަށް ވާންނުޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319