logo

38 ވަނަ ގައުމީ ގުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

profile

މުޙައްމަދު ފަޟްލޫން - 24 ސެޕްޓެމްބަރު 2026 - 18:01

ކީރިތި ގުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

https://wamco.com.mv/

މި މުބާރާތް ނިންމުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮފި އަދި ހާފިޒުންގެ ގޮފީގައި ވާދަކޮށް އެކި ވަނަތައް ހާސިލުކުރި ދަރިވަރުންނަށް ވަނީ އިނާމާއި، ހަނދާނީ ލިޔުމާއި އިނާމް ހަވާލްކޮށްފައެވެ.

ގޮފިތަކުން ވަނަތަކަށް ދިޔަ ދަރިވަރުންނަށް އިނާމުތައް ހަވާލުކޮށްދެއްވީ ދައުލަތުގެ އިސްވެރިންނެވެ.

މުޅި މުބާރާތުގައި ހިމެނުނު ގޮފިތަކުން 3 ވަނަ އާއި 2 ވަނަ ހާސިލްކުރެއްވި ދަރިވަރުންނަށް އިނާމު ހަވާލްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓްލޭޑީ މެޑަމް ސާޖިދާ މުހައްމަދު އެވެ.

މިއަހަރުގެ މުބާރާތުގައި ހިމެނޭ އެކި ބައިތަކުން މުޅި މުބާރާތުން 1 ވަނަ ހާސިލުކުރި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ފައިސާގެ އިނާމާއި ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، އިއްޒަތްތެރިންގެ އިތުރުން މުބާރާތުގެ ބައިވެރިންނާއި އެކުދިންގެ ބެލެނިވެރިން ބައިވެރިވިއެވެ.

މިއަހަރުގެ ގުރުއާން މުބާރާތުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ކުދިންނަށް ފުރުސަތުދީފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ އޮޑިޝަންތަކުގައި ރަށްރަށުން ދަރިވަރުން ބައިވެރިވެފައިވަނީ އޮންލައިންކޮށެވެ.

މުބާރާތުގެ ސެމީފައިނަލަށް 379 ދަރިވަރުން ދަތުރުކުރިއިރު ފައިނަލަށް ހޮވުނު 140 ދަރިވަރުންގެ ތެރެއިން 138 ދަރިވަރަކު ވަނީ މުބާރާތުގެ ފައިނަލްގައި ގުރުއާން ކިޔަވާފައެވެ.

ގައުމީ ގުރުއާން މުބާރާތުގެ ފައިނަލް ބުރުގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ މި ސެޕްޓެމްބަރ މަހުގެ 16 އިން 17 އަށް މާލޭގައެވެ.

މި މުބާރާތުގައި ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ ބައިގައި ފަނޑިޔާރުކަން ބައިނަލްއަގްވާމީ ފެންވަރުގެ ފަނޑިޔާރުންނާއި ރާއްޖޭގެ ފަނޑިޔާރުން ބައިވެރިވެފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ރާއްޖޭގައި ގުރުއާނަށް ލޯބިޖެއްސުމާއި، ގުރުއާން ހިތުދަސް އަދި ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ކިޔަވާ ޖީލެއް ބިނާކުރުމުގެ މަގްސަދުގައި ކޮންމެ އަހަރަކުވެސް ސަރުކާރުން އިސްނަގައިގެން ބާއްވަމުން އަންނަ މުހިއްމު މުބާރާތެކެވެ.

https://wamco.com.mv/
tel:+9607331319