
ޖަނަވާރު ކޮށްޓެއްގެ ދަރަޖައަށް މެމްބަރުން އަމަލު ނުކުރުމަށް މަޖިލިސް ނައިބު ރައީސް ގޮވާލައްވައިފި

މުޙައްމަދު ފަޟްލޫން - 29 ޖުލައި 2026 - 12:47
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުންގެ އަމަލުތައް ބަހައްޓަވާ ގޮތުގެ ސަބަބުން، މަޖިލީހަކީ ޖަނަވާރު ކޮށްޓެއްގެ ފެންވަރަށް ވެއްޓިފައިވާ ތަނެއްގެ ގޮތުގައި އާންމުން ސިފަކުރަމުންދާ ކަމަށް ވިދާޅުވެ، އެފަދަ ދަށު ދަރަޖައަކަށް ކަންކަން ނުގެންދިއުމަށް މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް މިއަދު އިލްތިމާސްކުރައްވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިބު ރައީސް މިފަދައިން ނަސޭހަތްތެރިވެވަޑައިގަތީ، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބަހުސްގެ ތެރޭގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެންނެވެ.
މި ބަހުސް ކުރިއަށްދިޔަ ވަގުތު، އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަނީ ތިލަފުށީގެ ކުނިތައް ހދ ކުނބުރުދުއަށް ބަދަލުކުރާ މައްސަލައިގައި އަޑުގަދަކުރައްވައި ބޮޑު އިހުތިޖާޖެއް ކުރައްވާފައެވެ.
މަޖިލީހުގެ ނިޒާމު ގެއްލޭ ގޮތަށް ޒިޔާދު އަމަލުކުރައްވަމުން ގެންދެވުމާ ގުޅިގެން، ރިޔާސަތުން ވަނީ އޭނާގެ ނަން އިއްވައި ތަޅުމުން ބޭރުކުރަން ނިންމަވާފައެވެ.
މި ހާދިސާއާ ގުޅިގެން ސަލީމް އިތުރަށް ވިދާޅުވީ، މަޖިލީހުގެ މެންބަރުންނަކީ އިހްލާސްތެރިކަމާއި ކެތްތެރިކަން އިސްކޮށް މަސައްކަތްކުރައްވާ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.
މެމްބަރުންގެ ބަސްމަގާއި އަމަލުތައް ހުންނަ ގޮތުގެ ސަބަބުން، ރައްޔިތުންގެ މެދުގައި މަޖިލީހަށް އޮންނަންޖެހޭ އިތުބާރާއި ގަދަރު ކުޑަވަމުންދާކަން އޭނާ ހިތާމައާއެކު ފާހަގަކުރެއްވިއެވެ.
ސަލީމް ވިދާޅުވީ، އޭނާގެ ރިޔާސަތުގައި މަޖިލީހުގެ ގަދަރާއި ހައިބަތު ހިފަހައްޓަވާނެ ކަމަށާއި، މަޖިލީހުގެ ނިޒާމީ ފޭރާން ވީދި، އެ ތަނުގެ މަގުސަދު ގެއްލޭ ފަދަ އަމަލުތަކަށް އެއްވެސް ހާލެއްގައި ފުރުސަތު ނުދެއްވާނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްއިން ލިވްއެބޯޑް ފައިނޭންސް ތައާރަފުކޮށްފި
22 މިނިޓު ކުރިން

2 ވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިއްޖެ
23 މިނިޓު ކުރިން

ބިލެތްފަހި ކައުންސިލު ޢިމާރާތުގެ 64 އިންސައްތަ މަސައްކަތް ނިމިއްޖެ
2 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ސަވާހެލި އައްޑޫސިޓީ ކައުންސިލް އިހްތިސާސްއަށް އައުމަކީ މުހިއްމު ކަމެއް: މޭޔަރ ނިޒާރު
2 ގަޑިއިރު ކުރިން


.gif&w=3840&q=75)