logo

ފެންވަރު ރަނގަޅު ބޭސް އެތެރެކުރަން ދުނިޔޭގެ މަޝްހޫރު ކުންފުންޏަކާއިއެކު ސްޓޭޓް ފާމާ އިން ސޮއިކޮށްފި

profile

މުޙައްމަދު ފަޟްލޫން - 12 އޯގަސްޓު 2026 - 12:34

ދިވެހިރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް އިމްޕޯޓްކުރުމަށްޓަކައި ދުނިޔޭގެ މަގުބޫލު ކުންފުންޏަކާއެކު ސްޓޭޓް ފާމަސޫޓިކަލްސް އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

https://wamco.com.mv/

ސްޓޭޓް ފާމާގެ އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފަސޭހަކަމާއެކު މަތީ ފެންވަރުގެ ބޭސް ފޯރުކޮށްދިނުމަށް ހަވާލުކޮށްފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ހެލްތުކެއާ ފާމަސޫޓިކަލްސް ލިމިޓެޑް (އެޗްޕީއެލް) އާއެވެ.

މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ މަތީ ފެންވަރުގެ ބޭސް މެދުކެނޑުމެއްނެތި ލިބޭނެ މަގު ތަނަވަސްވެ، ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާވެގެންދާނެ ކަމަށް ސްޓޭޓް ފާމާއިން މައުލޫމާތު ދެއެވެ. ބަންގްލަދޭޝްގައި މީގެ 30 އަހަރު ކުރިން އުފެދުނު އެޗްޕީއެލް އަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)، އޮސްޓްރޭލިއާ އަދި މެލޭޝިއާ ފަދަ ގައުމުތަކުގެ ފާމަސޫޓިކަލް ރެގިއުލޭޓަރީ އިދާރާތަކުން ހުއްދަދީފައިވާ، އިތުބާރު ހުރި ކުންފުންޏެކެވެ. އެ ކުންފުނިން މިހާރުވެސް ދުނިޔޭގެ އެކި ބައްރުތަކުގެ 32 އަށްވުރެ ގިނަ ގައުމަށް ބޭސް އެކްސްޕޯޓް ކުރަމުންދެއެވެ.

ރާއްޖެއަށް ބޭސް ލިބުމުގައި ކުރިމަތިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށް ސްޓޭޓް ފާމާއިން ކުރަމުންދާ މަސައްކަތުގެ ދަށުން، ޔޫރަޕްގެ މަޝްހޫރު ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ އެސްޓްރަޒެނިކާއާއެކު ވެސް މިދިޔަ ހަފުތާގައި ވަނީ މުހިންމު މަޝްވަރާތަކެއް ބާއްވާފައެވެ.

https://wamco.com.mv/
tel:+9607331319