
ޕްރައިމަރީގައި ރަނިންމޭޓުން އިއުލާނުކުރާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން

އާމިނަތު ޝަޒްލާ - 09 އޮކްޓޯބަރު 2026 - 09:38
ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިއުލާން ކުރައްވަމުން ގެންދަވާތީ އެކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިހާބަށް ޕާޓީން ނުކުންނައިރު އެހެން ސިޔާސީ ޕާޓީތަކާ ވާހަކަދައްކައި، ކޯލިޝަން އެއްބަސްވުންތައް ގާއިމުކުރެވޭނެ ފަދަ ޖާގައެއް އޮތުން ނުހަނު ބޭނުންތެރި ކަމަށެވެ. އަދި ރަނިންމޭޓު ކަމަކީ އެހެން ޕާޓީތަކާ އެކު ކުރެވޭ ސިޔާސީ މަޝްވަރާތަކުގައި އެމްޑީޕީއަށް ލިބޭ ވަރަށް މުހިންމު ސިޔާސީ ބާރެއް ނުވަތަ ލެވަރޭޖެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެހެންކަމުން، އެ ބާރު ގެއްލިގެންދާ ފަދަ ގޮތަކަށް ޕްރައިމަރީގެ ކެންޑިޑޭޓުން އަމަލުނުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެ، ކެމްޕޭން ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. މި ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް ރަސްމީކޮށް ރަނިންމޭޓަކު އިއުލާނު ކުރައްވާފައި ވަނީ ކުރީގެ ނައިބްރައީސް ފައިސަލް ނަސީމް އެވެ. ފައިސަލްގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ މާލެ ސިޓީގެ މޭޔަރު އަދި އެމްޑީޕީގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ އާދަމް އާޒިމް އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި ރިޔާސީ އިންތިހާބުތައް ކާމިޔާބު ކުރުމަށްޓަކައި ޕާޓީތަކުގެ މެދުގައި ކޯލިޝަން ހެދުމަކީ އާންމު ކަމަކަށް ވެފައިވާއިރު، ރަނިންމޭޓުގެ މަގާމަކީ އާންމުކޮށް ކޯލިޝަންގެ އެންމެ ބޮޑު ބައިވެރިޔާއަށް ދޫކޮށްލާ މަގާމެކެވެ. އެހެންކަމުން ޕްރައިމަރީ މަރުހަލާގައި ރަނިންމޭޓުން ކަނޑައެޅުމަކީ އިންތިހާބުގެ އަނެއް ބުރުތަކުގައި އިތުރު ޕާޓީތަކާ އެކު މަޝްވަރާކޮށް އެއްބަސްވުންތަކަށް އައުމަށް ހުރަހަކަށް ވެދާނެ ކަމެއް ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވެސް ދެކެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ހަނގުރާމަ ނިންމުމަށް އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން ބޮޑުތަނުން މަދުކުރަންޖެހޭ: އެމެރިކާ
38 މިނިޓު ކުރިން

ރަސްމާލެއިން 500 ހެކްޓަރުގެ ބިން އީގަލްސް ހިލްސްއަށް ދިނުމާ ދެކޮޅަށް މުޅި ޤައުމު އެކީ ތެދުވަންޖެހޭ!
39 މިނިޓު ކުރިން
.webp&w=3840&q=75)
ކައުންސިލްތަކުގެ ބާރުވެރިކަމަށް ބޮޑު ހޭދައެއް: 9 މަސް ދުވަހުގެ ތެރޭގައި 1.8 ބިލިޔަން ރުފިޔާ ދޫކޮށްފި
ދުވަހެއް ކުރިން

ސައުދީ އަރަބިއްޔާގެ އެއަރޕޯޓްތަކަށް ހޫތީން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
ދުވަހެއް ކުރިން


