logo

ހުސްވި މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ 88 މައްސަލަ ހުށަހެޅިފައިވޭ: ސިއްހީ ވުޒާރާ

profile

މުޙައްމަދު ފަޟްލޫން - 23 އޮކްޓޯބަރު 2026 - 08:57

ކުޑަކުދިންނަށް ކުރިމަތިވާ އެކި ބާވަތުގެ އަނިޔާތަކާ ގުޅިގެން، މިދިޔަ ސެޕްޓެމްބަރު މަހު އެކަނިވެސް 88 މައްސަލައެއް ހުށަހަޅާފައިވާކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

https://wamco.com.mv/

ސިއްހަތާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ.

ޖިސްމާނީ އަނިޔާގެ ގޮތުގައި ރިޕޯޓްކޮށްފައިވާ 29 މައްސަލައިގެ ތެރޭގައި 15 ފިރިހެން ކުދިންނާއި 14 އަންހެން ކުދިން ހިމެނެއެވެ.

މީގެއިތުރުން ޖިންސީ ގޯނާގެ 15 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 12 އަންހެން ކުދިންނާއި 3 ފިރިހެން ކުދިންނެވެ.

އިހުމާލުވުމުގެ 16 މައްސަލައަކާއި، ގޭތެރޭގެ އަނިޔާ ނުވަތަ ހަމަނުޖެހުން ކުދިންނަށް ފެންނަ ގޮތަށް ހިންގުމުގެ 14 މައްސަލައެއް ވެސް ވޭތުވެދިޔަ މަހު ވަނީ ހުށަހަޅާފައެވެ.

ނަފްސާނީ އަނިޔާގެ 8 މައްސަލައަކާއި، ބުލީކުރުމުގެ 5 މައްސަލައެއްގެ އިތުރުން، ބްލެކްމެއިލް ކުރުމުގެ މައްސަލައަކާއި އެހެނިހެން ބާވަތުގެ 2 މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ.

ކުޑަކުދިންނަށް ކުރިމަތިވާ އަނިޔާތަކުގެ އިތުރުން، ކުދިންގެ އަހުލާގާއި ގުޅުންހުރި 16 މައްސަލައެއް ވެސް އެ މަހު ވަނީ ފާހަގަކުރެވިފައެވެ.

މީގެ ތެރޭގައި އެންމެ ގިނައީ ރުޅި ކޮންޓްރޯލް ނުކުރެވުމުގެ މައްސަލަތަކެވެ.

ރުޅިގަދަވުމުގެ 6 މައްސަލައަކާއި، ގެއިން ފިލައިގެން ދިއުމުގެ 2 މައްސަލައެއްގެ އިތުރުން، ސްކޫލަށް ދާން ދެކޮޅުހެދުމުގެ މައްސަލައަކާއި، އަހުލާގީ މިންގަނޑާ ހިލާފު އެހެނިހެން 7 މައްސަލައެއް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.

https://wamco.com.mv/
tel:+9607331319