logo

ހޫޘީން ކަޅުފަތިހާ ބެލިސްޓިކް މިސައިލެއް ފޮނުވާލުމުން މުޅި އިސްރާއީލުގައި ނުރައްކަލުގެ އިންޒާރު ޖަހައި، އެތައް މިލިއަން މީހުން ބިންގަރާސްތަކަށް

profile

ސައިފް އަޒުހަރު - 10 ޖުލައި 2025 - 04:29

ޔަމަނުގައި ވެރިކަންކުރާ ހޫޘީން އިސްރާއީލުގެ ތެލް އަވީވަށް ބެލިސްޓިކް މިސައިލް ހަމަލާއެއް ދީފިއެވެ.

https://wamco.com.mv/

ޔަމަނުން މިސައިލް އުދުއްސާލުމާއެކު މުޅި އިސްރާއީލުގައި ނުރައްކާ އަންނަކަމުގެ އިންޒާރު ޖަހަންފެށިއެވެ.

ނުރައްކަލުގެ އިންޒާރު ޖަހަންފެށި ވަގުތަކީ އިސްރާއީލުގެ ގަޑިން ފަތިހު 5:20 ގައެވެ. އޭރު އިސްރާއީލުގެ ގިނަމީހުން ތިބީ ނިދާށެވެ.

ނުރައްކަލުގެ އިންޒާރުގެ އަޑާއެކު އެތައް މިލިއަން މީހުންނަށް ޖެހުނީ ތެޅެމުންފޮޅެމުން ބިންގަރާސްތަކަށް ވަދެ ސަލާމަތް ހޯދާށެވެ.

އިސްރާއީލުގެ ޓެރަރިސްޓު އަސްކަރިއްޔާއިން ފަހުން ބުނެފައިވަނީ، ޔަމަނުން ފޮނުވާލި މިސައިލް އިސްރާއީލުގެ ވައިގެ ސަރަހައްދުން ވައްޓާލެވުނު ކަމަށެވެ. ނަމަވެސް، އިތުރު ތަފްސީލެއް ނުދެއެވެ.

އިސްތިއުމާރީ ޓެރަރިސްޓުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ޣައްޒާގެ ރައްޔިތުންގެ ހައްގުގައި ހޫޘީން ގެންދަނީ ވަރުގަދަ އަސްކަރީ އޮޕަރޭޝަންތައް ހިންގަމުންނެވެ.

އެގޮތުން، އިސްރާއީލު މީހުންނަށް ހަމަނޭވާލިޔަ ނުދިނުމަށް ދޭތެރެ ދޭތެރެއިން އިސްރާއީލުގެ ރަށްތަކަށް ބެލިސްޓިކް މިސައިލް ހަމަލާތައް ދެމުން ގެންދާއިރު، ހޫޘީ ކަނޑުގެސިފައިންވަނީ އިސްރާއީލަށް ކަނޑުމަގުވެސް ބަންދުކޮށް ދަތިކޮށްފައެވެ.

އިސްރާއީލަށް މުދާ ހިފައިގެންދިޔަ ދެ އާގުބޯޓެއް ހުއްޓަން ހޫޘީން ދިން އިންޒާރުތަކަށް ކިޔަމަން ނުވުމުން މިހަފްތާގައި އެކަނިވެސް، ދެ ބޯޓަކަށް ހަމަލާދީ ފައްތާލާފައި ވެއެވެ.

ހޫޘީންގެ ހަމަލާތަކާހެދި ރުޅިއައިސްފައިވާ އިސްރާއީލު ބައެއް މީހުންނާއި، އިސްރާއީލަށް ތާއީދުކުރާ ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނަމުންދަނީ "އީރާނުން ގެންދަނީ ހުއްޓާނުލާ އިސްރާއީލަށް ހަމަލާދެމުން" ކަމަށެވެ. ހޫޘީން ލައްވައި އިސްރާއީލަށް ހަމަލާދެނީ އީރާނުން ކަމަށް އެމީހުން ތުހުމަތު ކުރެއެވެ.

https://wamco.com.mv/
https://www.aslu.com.mv