
ގާޒާ ސިޓީ ހިފައި، އިސްތިއުމާރު ކުރުމަށް އިސްރާއީލުން ނިންމި މައްސަލާގައި ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވާކަށް އެމެރިކާއިން ތާއީދެއް ނުކުރި

ސައިފް އަޒުހަރު - 10 އޯގަސްޓު 2025 - 08:04
ޣައްޒާގައި ވެރިކަންކުރާ ގާޒާ ސިޓީ ހިފައި، އިސްތިއުމާރު ކުރުމަށް އިސްރާއީލުން ނިންމި މައްސަލާގައި އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވާކަށް އެމެރިކާއިން ތާއީދެއް ނުކުރިއެވެ.
ގާޒާ ސީޓީގެ މައްސަލާގައި ބާއްވާ އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުން ފަށާނީ ޖީއެމްޓީ ގަޑިން މިއަދު 14:00 ގައެވެ.
މި ބައްދަލުވުމަކީ، ޑެންމާކް، ފަރަންސޭސިވިލާތް، ގްރީސް، ޔޫކޭއިން އެދިގެން ބާއްވާ ބައްދަލުވުމެކެވެ.
އދގެ މަސްދަރުތައް ބުނާގޮތުގައި، ސަލާމަތީ މަޖިލީހުގެ 15 މެމްބަރު ގައުމުގެތެރެއިން އެމެރިކާ ފިޔަވައި، އެހެން ހުރިހާ ގައުމަކުންވަނީ ކުއްލި ބައްދަލުވުން ބޭއްވުމަށް ތާއީދު ދީފައެވެ. އެމެރިކާއިންވަނީ ދެކޮޅު ހަދާފައެވެ.
އެމެރިކާއިން ދެކޮޅު ހެދިނަމަވެސް، ބައްދަލުވުން ކުރިއަށްދާނެއެވެ.
ޣައްޒާގެ އެންމެ މައި ސިޓީ ކަމަށްވާ އަދި ވެރިކަންކުރާ ގާޒާ ސިޓީ ގަދަބާރުން ހިފައި، އިސްތިއުމާރުކުރުމަށް އެކުލަވާލި ޕްލޭން އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ފާސްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
އިސްރާއީލުގެ މި ނިންމުމަށް މުޅި ދުނިޔެއިން ގެންދަނީ ދެކޮޅުވެރިކަން ފާޅުކުރަމުންނެވެ.
އިސްރާއީލުން ގާޒާ ސިޓީ ހިފައި، އިސްރާއީލުގެ ތަނަކަށް ހަދައިފިނަމަ އޭގެ ނަތީޖާއަކަށް ވެގެންދާނެ ކަންތައްތައް ހާމަކޮށް، އދގެ ސްޕެޝަލް ރަޕޯޓްއަރސް، ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަށް ރިޕޯޓްތަކެއް ހުށަހަޅާނެއެވެ.
ގާޒާ ސިޓީ އޮންނަނީ ޣައްޒާގެ އުތުރުގައެވެ. ގާޒާ ސިޓީއަކީ ވެރިކަންކުރާ ސިޓީގެ އިތުރުން ޣައްޒާގެ އެންމެ އާބާދީ ބޮޑު ސިޓީވެސް މެއެވެ.
ނަމަވެސް، އިސްތިއުމާރީ ޓެރަރިސްޓުން ވޭތުވެދިޔަ 22 މަސްދުވަހުގެ ތެރޭގައި ހިންގި ނަސްލުނައްތާލުމުގެ ޖަރީމާތަކާއި، އާންމުން ރަށުން ބޭރުކޮށްލުމުގެ ސަބަބުން ގާޒާ ސިޓީގެ ބޮޑުބައެއް ގާތްގަނޑަކަށްހެން މިހާރު އޮތީ ފަޅަށެވެ.
އިސްރާއީލުގެ ނިންމުމާ ގުޅޭގޮތުން އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެފައިވަނީ، އިސްރާއީލުން ގާޒާ ސިޓީ ހިފުން ވެގެންދާނީ، ޣައްޒާގައި އިތުރު ލޭއޮހޮރުވުންތައް ހިނގައި، އިތުރުމީހުން ގެދޮރުން ބޭރުކުރެވި އަދި ގާޒާ ސިޓީ އިތުރަށް ސުންނާފަތިކުރުމަށް މަގުފަހިވެގެންދާނޭ ކަމަކަށެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސް ސޯލިހް ދެއްވީ ރާއްޖެ އަބަދުވެސް ފަލަސްތީނުގެ ހައްގުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން!
2 އަހަރު ކުރިން

އިސްރާއީލުން ޖެނިން އަށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ 6 މީހަކު ޝަހީދުކޮށްލައިފި
2 އަހަރު ކުރިން

އިސްރާއީލުގެ އެއަރލައިނަށް ރާއްޖޭގައި ޖެއްސުމުގެ ހުއްދަ ނުދޭނަން - މިއުވާން
2 އަހަރު ކުރިން

ދިވެހިންގެ އެހީގައި އަޅާ ފުރަތަމަ މިސްކިތް ފަލަސްތީނުގައި!
2 އަހަރު ކުރިން