
FqcUCu2WcAAFqYv.jpeg
ފަލަސްތީނުގެ ރައީސްއާއި ބައްދަލުކުރައްވައި ރައީސް ސޯލިހް ދެއްވީ ރާއްޖެ އަބަދުވެސް ފަލަސްތީނުގެ ހައްގުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން!

މުޙައްމަދު އަނާން - 05 މާރިޗު 2023 - 09:22
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާއި ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ، ޤަތަރުގައި މިހާރު ކުރިއަށްދާ އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްގެ ހަވާސާގެ ތެރެއިންނެވެ.
މި ބައްދަލުވުމަށްފަހު ރައީސް ސޯލިހް މިއަދު ޓުވީޓު ކުރައްވަމުން ވިދާޅުވީ އެލްޑީސީ5ގެ ހަވާސާގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލުކުރެއްވުމަކީ ލިބުނު ޝަރަފަކާއި އުފަލެއް ކަމަށެވެ. އަދި މި ބައްދަލުކުރެއްވުމުގައި، ފަލަސްޠީނުގެ ޙައްޤުގައި ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ ކަމާއި އެއްބައިވަންތަކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިކަން ރައީސް ސޯލިހް ފާހަގަކުރެއްވި އެވެ.
ރާއްޖޭން އަބަދު ވެސް ދަމަހައްޓަމުން އަންނަނީ ފަލަސްތީނާ އެއްކޮޅު އަދި އިޒްރޭލާ ދެކޮޅު ޚާރިޖީ ސިޔާސަތެކެވެ. އަދި، ރާއްޖޭން އަބަދު ވެސް ވޯޓު ދެނީ ވެސް ފަލަސްތީނާއި އެއްކޮޅަށެވެ.
ދިވެހިރާއްޖެއާއި ފަލަސްޠީނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 4 އޭޕްރިލް 1982 ގައެވެ.
ގުޅުން ހުރި ޙަބަރުތައް

އަންހެނަކު ވިއްކާލާނެ ކަމަށް، އޭނާގެ ކުރީގެ ފިރިމީހާ ބުނި މައްސަލައެއް ފުލުހުން ބަލަނީ
16 ގަޑިއިރު ކުރިން

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި
17 ގަޑިއިރު ކުރިން

އައްޑޫ ސިޓީގެ އުމްރާނީ ތަރައްގީ ގެނެސްދިނީ އެމްޑީޕީ އިން: ރައީސް ނަޝީދު
19 ގަޑިއިރު ކުރިން

މިނިސްޓަރ ޢަލީ ޝަރީފު، ޔޫއެންއީޕީގެ އެގްޒެކެޓިވް ޑައިރެކްޓަރާ ބައްދަލުކުރައްވައިފި
20 ގަޑިއިރު ކުރިން


.gif&w=3840&q=75)