
އެމެރިކާގެ ރައީސް ޓްރަމްޕަށް ނާރުގެ ބައްޔެއްޖެހި، ދެފައި ދުޅަވަނީ، އަތުގެ ނާރުތައްވެސް ފަޅައިގެންދަނީ

ސައިފް އަޒުހަރު - 18 ޖުލައި 2025 - 10:02
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެއްޖެއެވެ.
ޓްރަމްޕްގެ ދެފައި ދުޅަވުމާއި، އަތްތިލަ ރަތްވުންފަދަ މައްސަލަތައް ދިމާވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯތަކެއް އާންމުކުރުމާ ގުޅިގެން ވައިޓްހައުސްއިން އިއްޔެވަނީ، ރައީސް ޓްރަމްޕަށް ނާރުގެ މައްސަލަތަކެއް ކުރިމަތިވެފައިވާކަން ހާމަކޮށްފައެވެ.
ވައިޓްހައުސްއިން ބުނެފައިވަނީ، ޓްރަމްޕަށް "ކްރޮނިކް ވީނަސް އިންސަފިޝަންސީ" ބަލި ޖެހިވަޑައިގެންފައިވާ ކަމަށެވެ.
އެ ބަލީގެ ސަބަބުން ޓްރަމްޕްގެ ފައިތިލަ ދުޅަވުމާއި، ކަނާތު އަތްތިލަމަތީގެ ކުދި ނާރުތައް ހަލާކުވެ، ހަންގަނޑުގެ އެތެރެއަށް ލޭފޭދި، ކުލަބަދަލުވުމުގެ މައްސަލަ ދިމާވަމުންދާ ކަމަށް، ވައިޓްހައުސްގެ ތަރުޖަމާނު ކެރޮލައިން ލެވިޓް އިއްޔެ ބުނެފައި ވެއެވެ.
ލެވިޓް ބުނީ، ޓްރަމްޕްގެ ކަނާއަތަށް މައްސަލަ ދިމާވެގެން އުޅޭނީ "މާގިނައިން ސަލާންކުރާތީ" ޓިޝޫތައް ހަލާކުވެގެން ކަމަށެވެ.
ޓްރަމްޕަށް ދިމާވެގެން އުޅޭ ސިއްހީ މައްސަލަތަކާ ގުޅިގެން އޭނާގެ ޑޮކްޓަރ ޝޯން ބާބަބެލާ ބުނީ، މިއީ، ޚާއްސަކޮށް 70 އަހަރުންމަތީގެ މީހުންނަށް އާންމުކޮށް ދިމާވާ ހާލަތެއް ކަމަށެވެ.
ކްރޮނިކް ވީނަސް އިންސަފިޝަންސީ ޖެހެނީ ފައިގައި ހުންނަ ލޭނާރުތަކުން ހިތާހަމައަށް އަނބުރާ ރަނގަޅަށް ލޭ ގެންދެވޭ ގޮތް ނުވުމުންނެވެ.
ފައިގެ ހުރިހާ ދިމާލަކުން ހިތާއި ހަމައަށް ލޭ ޕަމްޕް ކުރުމަކީ ގޮންޖެހުންތައް ދިމާވާ ކަމެކެވެ. ޚާއްސަކޮށް ގިނައިރު ކޮޅަށް ތިބޭ މީހުންނާއި، ނުވަތަ ގިނައިރު އިށީނދެ ތިބޭ މީހުންނަށް މިމައްސަލަ ދިމާވާ ކަމަށް، ސިއްހީ މާހިރުން ވިދާޅުވެއެވެ.
ގުޅުން ހުރި ޙަބަރުތައް

އެމެރިކާއަށް ފިނީގެ ތޫފާނެއް، 16 މީހުން މަރުވެއްޖެ
3 އަހަރު ކުރިން

އެމެރިކާ އާއި ޗައިނާގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ދެ ޤައުމު ދެމެދުގައި މަޝްވަރާކޮށްފި
3 އަހަރު ކުރިން

އެމެރިކާ އާއެކު ނިއުކްލިޔާ މަސައްކަތްތައް ކުރުމަށް މަޝްވަރާ ކުރެވިއްޖެ- ދެކުނު ކޮރެއާ
3 އަހަރު ކުރިން

އެމެރިކާގެ ވައިގެ ސަރަހައްދުން ދަތުރުކުރި "ގޮތް ނޭނގޭ އެއްޗެއް" ވައްޓާލައިފި
2 އަހަރު ކުރިން