logo

އެންއައިސީގެ މެންބަރަކަށް އިންޝާ ނަން!

profile

އައިމިނަތު ރޫޔާ - 25 ނޮވެމްބަރު 2024 - 12:30

ރައްޔިތުންގެ މަޖިލިސް: މަޖިލިސް

ރައްޔިތުންގެ މަޖިލިސް: މަޖިލިސް

ނޭޝަނަލް އިންޓެގްރީޓީ ކޮމިޝަން ( އެންއައިސީ) ގެ މެމްބަރުކަމަށް އަލްއުސްތާޛާ މަރިޔަމް އިންޝާގެ ނަން ރައީސް ޑރ މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

އެންއައިސީގެ ގާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެންއައިސީއަށް މެންބަރަކު އައްޔަން ކުރެއްވުމަށްޓަކައި، ރައީސުލްޖުމުހުރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކިމިޓއަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރީ މޭޒުން މިއަދު ވަނީ ހުށަހަޅުއްވާފައެވެ.

އެގޮތުން އެންއައިސީގެ މެމްބަރުކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހަޅާފައިވަނީ ގ.ނޫރަންފިނި އަލްއުސްތާޛާ މަރިޔަމް އިންޝާ ފައިސަލްގެ ނަމެވެ.

ރައީސްވަނީ އިންޝާ އައްޔަންކުރުމަށް މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް އެދިވަޑައިގެންފައެވެ. މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.

https://wamco.com.mv/
tel:+9607331319