logo

ތައިލެންޑްގެސަފީރުކަމަށް ފުއާދުގެ ނަން ހުށަހަޅުއްވައިފި

profile

އައިމިނަތު ރޫޔާ - 25 ނޮވެމްބަރު 2024 - 12:15

ފުއާދުގެ ބައޮގްރަފީ ފޮތް ރައީސް އަށް އަރުވަނީ ---

ފުއާދުގެ ބައޮގްރަފީ ފޮތް ރައީސް އަށް އަރުވަނީ ---

ރާއްޖެއިން ތައިލެންޑްއަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމަށް މއ. ތަޅަމުދިގެ ފުއާދު ތައުފީގުގެ ނަން ހުށަހަޅުއްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްކަމުގެ ދައުރު ފުއާދު ހަމަކުރެއްވީ މިދިޔަ ހޮނިހިރު ދުވަހުގައެވެ.

އީސީގެ ގަވައިދު ބުނާގޮތުންނަމަ ދެ ދައުރަށްވުރެ އިތުރަށް އެ ކޮމިޝަނުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތެއް ނުކުރެއްވޭނެއެވެ. އެހެންކަމުން ދެ ދައުރު ހަމަވުމާއެކު ފުއާދު ވަނީ ވަޒީފާއިން ވަކިވެވަޑައިގެންފައެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދާރީ މޭޒުން ވަނީ ކިންގްޑަން އޮފް ތައިލެންޑްގެ ސަފީރުކަމަށް ފުއާދު އައްޔަންކުރުމަށް ރައީސުލްޖުމުހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ގަސްތުކުރައްވާތީވެ، ފުއާދުގެ ނަން މަޖީލީހަށް ހުށަހަޅާފައިވާ ސިޓީ އިއްވާފައެވެ.

އެގޮތުން، ފުއާދު ތައިލެންޑްގެ ސަފީރުކަމަށް އައްޔަންކުރުމާއިމެދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދަވައިދެއްވައި، މަޖިލީހުން ނިންމެވި ގޮތް އަންގަވައިދެއްވުމަށް ރައީސްގެ ސިޓީފުޅުގައި ވަނީ އެދިވަޑައިގެންފައެވެ.

އެހެންކަމުން، ރިޔާސަތުން ވަނީ އެ މައްސަލަ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް އިތުރަށް ދިރާސާކުރުމަށް ފޮނުއްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި،ފުއާދަކީ ސަރުކާރުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި، ތަޖުރިބާކާރު ބޭފުޅޭކެވެ.

https://int.etukuri.mv/
tel:+9607331319