
މަރުޙޫމް ޢަބްދުލްޢަޒީޒް ޢަބްދުﷲ
ކުރީގެ މެމްބަރު ޢަބްދުލްޢަޒީޒް ޢަބްދުﷲ ގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ޝުރުފާ މުހައްމަދު - 11 ސެޕްޓެމްބަރު 2024 - 12:43
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުލްއަޒީޒް އަބްދުﷲ ނިޔާވުމާއި ގުޅިގެން، އޭނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
އަބްދުލްއަޒީޒްގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައި ރައީސް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތަކު ޚިދުމަތްކުރައްވައި، ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ޙާޞިލްކުރައްވާފައިވާ، އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާ، އަތޮޅުވެރިކަންވެސް ކުރައްވާފައިވާ، ޢަބްދުލްޢަޒީޒް ޢަބްދުﷲ އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ، އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވާ ކަމަށެވެ.
ޢަބްދުލްޢަޒީޒް ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 25 ޖުލައި 1959 ގައެވެ. އޭނާ ވަނީ ރައީސް އޮފީހުގެ ސެކްރެޓެރީއެއްގެ މަގާމާއި ޏ. އަތޮޅު އަތޮޅުވެރިކަން ކޮށްފައި ވެއެވެ. އަދި އެޓޯލްސް މިނިސްޓްރީގެ އެޑްމިނިސްޓޭޝަން ޑިރެކްޓަރ ކަމާއި، ހަމަ އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަދި ޑިރެކްޓަރ ޖެނެރަލްކަން ވެސް ކުރައްވާފައިވެއެވެ.
45 އަހަރުގެ ދިގު ޚިދުމަތަށް ފަހު ސަރުކާރުން ރިޓަޔަރ ކުރެއްވި އިރު ހުންނެވީ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރކަމުގެ މަގާމުގައެވެ. އޭނާއަށް ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ ޤައުމީ އިނާމް ލިބިވަޑައިގެންނެވީ މިދިޔަ އަހަރު އެވެ.
ގުޅުން ހުރި ޙަބަރުތައް

އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ 5 މީހުން މަރުވުން، ވިސްނާލުން މުހިއްމު ކަމެއް !
3 ގަޑިއިރު ކުރިން

އަލިފާނުގެ ހާދިސާގައި ބިދޭސީންތަކެއް މަރުވި މައްސަލަ އެޗްއާރުސީއެމްގެ ސަމާލުކަމަށް!
3 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
3 ގަޑިއިރު ކުރިން

އަލިފާނުގެ ހާދިސާގައި ހާލުދެރަވެ މާލެ ގެނައި 2 މީހުންނަށް ވެންޓިލޭޓަރުގައި ފަރުވާ ދެނީ
3 ގަޑިއިރު ކުރިން


.gif&w=3840&q=75)