logo
ބްލަޑް މޫން : ފޮޓޯ: އަހްމަދު ރީހާން

ބްލަޑް މޫން : ފޮޓޯ: އަހްމަދު ރީހާން

ބްލަޑް މޫން ގިނަ ބަޔަކު ހިތް އުފާކޮށްދީފި

profile

މުޙައްމަދު ފަޟްލޫން - 08 ސެޕްޓެމްބަރު 2025 - 10:41

ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގެރޭ ހިފި ހަނދުކޭތަ ނުވަތަ ބްލަޑް މޫން ގިނަ ބަޔަކު ބަލައިފިއެވެ.

https://wamco.com.mv/

މިފަދަ ހަނދު ކޭތަ އަކީ ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ.

ހަނދުކޭތަ ހިފަނީ އިރާއި ބިމާއި ހަނދު ސީދަލަށް އެތުރި، އިރުގެ އަލިކަމުގެ ސަބަބުން ހަނދަށް ދުނިޔޭގެ ހިޔަނި އެޅުމުގެ ސަބަބުންނެވެ.

އަދި ހަނދު ފުސް ރަތް ކުލައެއްގައި ފެންނަނީ ނުވަތަ ބްލަޑް މޫންއަކަށް ވަނީ އިރުގެ ބައެއް ދޯދިތައް ދުނިޔޭގެ ޖައްވުން ގޮސް ހަނދަށް އެޅޭތީ އެވެ.

ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުން ބްލަޑް މޫން ބަލައިފައިވެއެވެ.

undefinedމާލޭގައި ބްލަޑް މޫން ބެލުމަށް އާއްމުން އުސްފަސްގަނޑު ސަރަހައްދުގައި / ފޮޓޯ: އަހްމަދު ރީހާން (އަސްލު ޓީވީ)

ހަނދުކޭތަ ހިފަން ފެށީ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ރޭ 11 ޖަހާކަށް ހާއިރުއެވެ.

ކޭތަ އެންމެ ބޮޑަށް ހިފާނީ 01:14 ގަ އެވެ. ކޭތަ ވީއްލާފައިވަނީ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ރޭ ދަންވަރު 03:26 ހާއިރެވެ.

ކޭތަ ހިފަން ފެށުމުން ކޭތަ ނަމާދުކޮށްފައިވަނީ ރޭގަޑު 11:11 ހާއިރުއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ކޭތަ ނަމާދު ކޮށްފައިވެއެވެ.

ކޭތަ ހިފި މަންޒަރު ބަލައިލުމަށް ގިނަ އަދަދެއްގެ ބަޔަކު ވެރިރަށް މާލޭގެ އަތިރިމައްޗާއި މަގުތައް މައްޗަށް ނިކުތެވެ.

އެންމެ ގިނަ ބަޔަކު މާލޭގައި ބްލަޑް މޫން ބަލަން އެއްވީ މާލޭގެ އުސްފަސްގަނޑާއި ރާޅުގަނޑު ސަރަހައްދަށެވެ.

undefinedމާލޭގައި ބްލަޑް މޫން ބެލުމަށް އާއްމުން އުސްފަސްގަނޑު ސަރަހައްދުގައި / ފޮޓޯ: އަހްމަދު ރީހާން (އަސްލު ޓީވީ)

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ގޮނޑުދޮށާއި ރަށުގައި ހުރި ހިސާބަކުން ގިނަ ބަޔަކު ދިޔައީ ބްލަޑް މޫންގެ ފޮޓޯތައް މީސްމީޑިއާގައި ހިއްސާކުރަމުންނެވެ.

ކޭތަ ހިފާ މަންޒަރު ބަލަން ނިކުތް އެންމެން ދިޔައީ މަންޒަރުތައް އެމީހުންގެ ފޯނުގައި ރައްކާކޮށް މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހިއްސާކުރަމުންނެވެ.

ކޮންމެ މީހަކުވެސް މަސައްކަތް ކުރަމުންދިޔައީ ކޭތަ ހިފި ވަގުތުގައި ކޭތަ ހިފާ މަންޒަރު ވަގުތުން އެމީހެއްގެ މީސްމީޑިއާ އެކައުންޓުން މުޅި ދުނިޔެއަށް ދައްކާލެވޭތޯއެވެ.

ރެއާއި މިއަދު މީސްމީޑިއާގައި އެންމެ ޓްރެންޑްވާ ފޮޓޯތަކާއި ވީޑިއޯތަކަށް ބަލައިލުމުން ފެނިގެންދަނީ ބްލަޑް މޫންގެ މަންޒަރުތަކެވެ.

ގިނަ ބަޔަކު އަދިވެސް ހަނދު ކޭތަ ހިފާނެ ދުވަހަކަށް އިންތިޒާރު ކުރެވޭއިރު، ހަނދު ކޭތަ އާއި އިރުކޭތަ ހިފުމަކީ ކޮންމެ މަހަކު އަދި ކޮންމެ ދުވަހަކު ވާ ކަންތައްތައް ނޫންކަން ފާހަގަކޮށްލެވެއެވެ.

undefinedމާލޭގައި ބްލަޑް މޫން ބެލުމަށް އާއްމުން އުސްފަސްގަނޑު ސަރަހައްދުގައި / ފޮޓޯ: އަހްމަދު ރީހާން (އަސްލު ޓީވީ)

ފަލަކީ އިލްމުވެރިންނާއި ޖައްވީ ދިރާސާތައް ކުރާ ފަރާތްތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދެން އެންމެ އަވަހަށް ހަނދު ކޭތަ އެއް ހިފާނީ މި އަންނަ އަހަރުގެ މާޗް މަހުގައެވެ. އެ ހަނދުކޭތަ ދިވެހިރާއްޖެއަށް ނުފެންނާނެ ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

އަންނަ 2026 ވަނަ އަހަރުގެ މާޗް މަހުގެ 2 ވަނަ ދުވަހާއި 3 ވަނަ ދުވަހު ހިފާ ހަނދުކޭތަ ފެންނާނީ އޭޝިއާގެ ބައެއް ގައުމުތަކާއި އެމެރިކާގެ ބައެއް ސަރަހައްދުތަކަށް ކަމަށް ސައިންސް ވެރިން ވަނީ ބުނެފައެވެ.

އަންނަ އަހަރުގެ ހަނދު ކޭތަ އަށް ފަހު ދެން އެންމެ އަވަހަށް ހަނދުކޭތަ އެއް ހިފާނެ ކަމަށް ލަފާކޮށްފައިވަނީ 2 އަހަރު ފަހުން 2028 ގެ ޑިސެމްބަރު މަހު ގައެވެ.

2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ހިފާ ހަނދުކޭތަ 71 މިނެޓް ވަންދެން ފެންނަން ހުންނާނެ ކަމަށް ސައިންސް ވެރިން ވަނީ ބުނެފައެވެ. އެ ހަނދު ކޭތަވެސް ފެންނާނީ ބައެއް ގައުމުތަކަށް ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

ހަނދުކޭތަ ރީތިކޮށް ފެންނާނީ އުޑުމަތި ސާފު ރޭރޭގައެވެ. ހަނދު ކޭތަ ބެލުމަށް ޓެލެސްކޯޕް ފަދަ ވަސީލަތްތައް ދުނިޔޭގައި ބޭނުންކުރަމުންދާއިރު، ރާއްޖޭގައިވެސް މަދުމަދުން ބޭނުންކުރަމުންގެންދެއެވެ.

https://etukuri.mv/
https://www.aslu.com.mv