logo

އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި 23 މީހުން ޝަހީދުކޮށްލައިފި

profile

އައިޝަތު އިނާޝާ - 13 ސެޕްޓެމްބަރު 2025 - 13:50

ފަލަސްތީނުގައި ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުގައި މިއަދު ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި 23 މީހުން ޝަހީދު ކޮށްލައިފިއެވެ.

https://wamco.com.mv/

މި ހަމަލާ ދީފައިވަނީ ޣައްޒާގައި ތިބި ފަލަސްތީނު މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދޭ އދ.ގެ ދެ ސްކޫލަކަށް އަމާޒުކޮށެވެ. މި ހަމަލާގައި 23 މީހުން ޝަހީދުވެފައިވާއިރު، ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުގައި މިއަދު އެކަނިވެސް 40 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވެއެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނި ގޮތުގައި އިސްރާއީލުން ބޮމުގެ ހަމަލާތައް ދެމުން ދިޔަ ނަމަވެސް، ފަލަސްތީނުގެ 1.3 މިލިއަނަށް ވުރެ ގިނަ މީހުން އަދިވެސް ޣައްޒާ ސިޓީގައި އެބަތިއްބެވެ.

ޣައްޒާގެ އުތުރުގެ ކާރޫބާރޫބޮޑު ސަރަހައްދުތަކަށް އިސްރާއީލުން ރޭގަނޑުގެ ގިނަ ހަމަލާތަކެއް ދެމުންދާއިރު، އިސްރާއީލުން ބުނެފައި ވަނީ ޣައްޒާ ސިޓީގެ 40 އިންސައްތަ މިވަގުތު އިސްރާއީލުގެ އިސްތިއުމާރީ ބާރުގެ ދަށުގައި އެބައޮތް ކަމަށެވެ.

މީހުން ދިރިއުޅޭ އިމާރާތްތަކަށާއި ރެފިއުޖީ ކޭމްޕްތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، ޔުނިސެފުން މިހާރުގެ ޣައްޒާގެ ހާލަތު ސިފަކުރަނީ ހީވެސް ނުކުރާ ފަދަ ހާލަތެއްގެ ގޮތުގައެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވާ ފަލަސްތީނުގެ 30 އިންސައްތަ މީހުންނަކީ ކުޑަކުދިން ކަމަށާއި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 28 ކުޑަކުދިން ޝަހީދުވަމުންދާކަމަށް ޣައްޒާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަމަލާތައް ފެށުނު ފަހުން މިހާތަނަށް 64,300 މީހެއްގެ ފުރާނަ ގެއްލި، 162,005 މީހުން ވަނީ ޣައްޒާގެ އެކި ކަންކޮޅުތަކުގައި ޒަހަމްވެފައިވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay