.jpg&w=3840&q=75)
ރިހާނާ އަށް އަންހެން ދަރިއަކު ލިބިއްޖެ

އައިޝަތު އިބްރާހިމް - 25 ސެޕްޓެމްބަރު 2025 - 06:35
ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ އަށް އަންހެން ދަރިއަކު ލިބިއްޖެއެވެ.
މިއީ ރިހާނާ އަދި މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އޭސެޕް ރޮކީއަށް ލިބުނު ތިންވަނަ ދަރިއެވެ.
ރިހާނާ މި އުފާވެރި ޚަބަރު އޭނާގެ ފޭނުންނާއި ހިއްސާކުރީ މީސްމީޑިއާގެ އެކްސްގައި ހިއްސާކުރި ޕޯސްޓުގައެވެ. ކުރިން ދެ ފިރިހެން ދަރިން ލިބިފައިވާ މި ދެމަފިރިންނަށް ތިންވަނަ ދަރިފުޅެއްގެ ގޮތުގައި ލިބިފައިވަނީ އަންހެން ކުއްޖެކެވެ. މިއީ އިތުރު އުފާވެރި ޚަބަރެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.
ބާރބަޑޮސްއަށް އުފަން އުމުރުން 37 އަހަރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ ވަނީ، މިމަހުގެ 13 ވަނަ ދުވަހު އުފަންވި އަންހެން ދަރިފުޅުގެ ފުރަތަމަ ފޮޓޯއާއެކު، އެކުއްޖާގެ ނަމާއި އުފަންދުވަސް ހިމަނައި އެކްސްގައި ޓްވީޓް ކޮށްފައެވެ. ރިހާނާ ހާމަކޮށްވާފައިވާ ގޮތުގައި އެ ކުއްޖާގެ ނަމަކީ ރޮކީ އައިރިޝް މޭޔާސްއެވެ.
މި ޚަބަރާއެކު، ރިހާނާއަށް ވަނީ ގިނަ އަދަދެއްގެ ފޭނުންގެ ހެޔޮއެދުންތަކާއި މަރުޙަބާގެ މެސެޖުތައް ލިބިފައެވެ.
ފޭނުންގެ ތެރެއިން އެކަކު ލިޔެފައިވަނީ "މަރުޙަބާ! އަޅުގަނޑުމެންނަށް ކުޑަ ރިހާނާއެއް މިހާރު ލިބިއްޖެ!" މިހެންނެވެ.
މި ދެމަފިރިންނަށް ތިންވަނަ ދަރިޔަކު ލިބިފައިވާއިރު، އޭސެޕް ރޮކީ ވަނީ ރިހާނާއާ ސިއްރުން ކައިވެނިކޮށްފައިވާކަމުގެ އަޑުތަކެއްވެސް އަންނަނީ ފެތުރެމުންނެވެ. 2019 އަހަރުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅޭ މި ދެ ލޯބިވެރިން ކައިވެނިކޮށްފައިވާ ކަމަށް މިހާރު ވަނީ ޚަބަރުތައް ފެތުރިފައެވެ.
"އެލް" މެގަޒިންއިން ކުރި ސުވާލު "ފިރިއަކަށް ވުމަށް އޭނާ އުއްމީދުކުރޭތޯ؟" އަށް ޖަވާބު ދެމުން އޭސެޕް ރޮކީ ޖަވާބު ދީފައިވަނީ "އަހަރެން މިހާރުވެސް ފިރިއެއް ނޫންކަން އެނގުނީ ކިހިނެއް؟" މިހެންނެވެ.
އޭސެޕް ރޮކީ "އެލް" މެގަޒިންއަށް މި އިންޓަވިއު ދީފައިވަނީ ރިހާނާގެ ތިންވަނަ ދަރިފުޅު އުފަންވުމުގެ ކުރިންނެވެ. އޭނާ ވަނީ ކުރިން ދެ ފިރިހެން ދަރިން ލިބިފައިވުމާއެކު، ތިންވަނައަށް ލިބޭ ދަރިފުޅަކީ އަންހެން ކުއްޖަކަށް ވުމަށް އޭނަ ދުއާކުރާކަމަށް ބުނެފައެވެ.
ރިހާނާ އޭނާގެ ތިންވަނަ ދަރިޔަކަށްބަލިވެ އިންކަން ހާމަކޮށްފައިވަނީ މިދިޔަ މޭ މަހު އޮތް މެޓް ގާލާގައި އޭނާގެ ބަނޑު ފެންނާނެހެން ހެދުން އަޅައިގެންނެވެ. މީގެ ކުރިން 2023 ވަނަ އަހަރު، ސުޕަ ބޯލްގެ ހާފްޓައިމް ޝޯގައި ލަވަ ކިޔަމުން ދަމުން އޭނާ ބަނޑުބޮޑުކަން ވެސް ހާމަކުރީ ހަމަ އެކަހަލަ ގޮތަކަށެވެ.
އެގޮތުން، ބަނޑުބޮޑުވެ ހުރެ ސުޕާ ބޯލްގެ ހާފްޓައިމް ޝޯގައި ޕާފޯމްކުރި ފުރަތަމަ ފަރާތަކަށް ވެސް ރިހާނާ ވެގެންދިޔައެވެ.
މިހާރު މި ލޯބިވެރިންނަށް ތިން ދަރިން ލިބިފައިވާއިރު، ފިރިހެން ދަރިންނަކީ ތިން އަހަރުގެ ރިޒާ އާއި ދެ އަހަރުގެ ރައޮޓްއެވެ.
ބާރބަޑޮސް އުފަން ޢުމުރުން 37 އަހަރު މުޅި ދުނިޔޭގައިވެސް މަޝްހޫރު ރިހާނާ މީގެ ކުރިން ލޯބީގެ ގޮތުން 2 މިހާކާ ގުޅުން ބާއްވާފައިވެއެވެ. އެއީ އެމެރިކަން ލަވަކިއުންތެރިޔާ ކްރިސް ބްރައުންއާއި ސައުދީ ވިޔަފާރިވެރިއެއްކަމުގައިވާ ހަސަން ޖަމީލްއެވެ.
ރިހާނާގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި ޕޮންޑެ ރިޕްލެ، އަމްބްރެއްލާ، އަންފެއިތްފުލް، އަގާރލް ލައިކް މީއަކިީ ވަރަށް މަޝްޙޫރުވި ލަވަތަކެކެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން