
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު / ފޮޓޯ: ރައްޔިތުންގެ މަޖިލިސް އިދާރާ
ސިޔާސީ ކުލަ ޖައްސައިގެން މިސްކިތްތައް ހުޅުވުމުގެ ވިސްނުމެއްނެތް: ޑރ. ޝަހީމް

އައިޝަތު އިބްރާހިމް - 22 އޮކްޓޯބަރު 2025 - 06:31
ސިޔާސީ ކުލަ ޖައްސައިގެން މިސްކިތްތައް ހުޅުވުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެގޮތަށް ވިދާޅުވީ އައްޑޫ މަރަދޫގައި ސަރުކާރުން އިމާރާތްކޮށްފައިވާ ހުޅުވާނެ އިރަކާ ބެހޭ ގޮތުން އެ މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދުދީދީ ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.
ދީދީގެ ސުވާލުގެ ތެރޭގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ ހަފުތާގައި އައްޑު ވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބިފައިވާތީ އެ ދަތުރުގައި މަރަދޫ އާ މިސްކިތުގެ ރިބަން ކަނޑާނެ ކަމަށް އިޝާރާތް ކުރެއްވުމާ ގުޅިގެންނެވެ.
ދީދީގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް މުއިއްޒު ރަށްރަށަށް ވަޑައިގަންނަވަނީ ތަންތަން ހުޅުއްވައި ދެއްވަން ނޫން ކަމަށާއި އެ މަނިކުފާނު ރަށްރަށަށް ޒިޔާރަތްކުރައްވަނީ ރައްޔިތުންގެ ހާލު ބައްލަވައި، އެ މީހުން އަޑުއައްސަވައި، ބައްދަލުކުރައްވަން ކަމަށެވެ.
އޭނަ ވިދާޅު މަރަދޫ މިސްކިތް މިހާރު ހުރީ ގާތްގަނޑަކަށް ނިމިފައި ކަމަށެވެ. އެ މިސްކިތަކީ ކުރީގެ ސަރުކާރުން މާޗް 22، 2022 ގައި ބިންގާ އެޅި މިސްކިތެކެވެ.
އައްޑޫ މަރަދޫގައި ބިނާކުރަން ފެށި މިސްކިތް ހުޅުވުމުގައިވެސް ޢަމަލު ކުރާނީ ވަރަށް މާތްކޮށް ކަމަށާއި، އެމިސްކިތުގައިވެސް މިހާރު ކުރިއަށްދަނީ ނުނިމިހުރި ކުދިކުދި މަސައްކަތްތައް ކޮށްލުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
" އެ ތަންތަން ހުޅުވުމުގައި އަޅުގަނޑުމެން މި އަމަލުކުރަނީ ވަރަށް މާތް ގޮތަކަށް. އެހެންވީމާ އެ މަގުން އެކަންކަން ކުރިއަށް ދާނީ، މާ ސިޔާސީ ކުލަ ޖައްސައިގެން އެކަންކަން ކުރިއަށް ގެންދިއުމުގެ ވިސްނުމެއް ނެތް." މިނިސްޓަރ ޝަހީމް
ރައީސް ޑރ. މުޢިއްޒު އައްޑޫ ރައްޔިތުންނާއި ބައްދަލު ކޮށްލެއްވުމަށް މިމަހު ފަހުކޮޅު ކުރަށްވާ ދަތުރުފުޅުގައި މަރަދޫ މިސްކިތް ހުޅުވޭނެތޯ ކުރި ސުވާލަށް ސީދާ ޖަވާބެއް މިނިސްޓަރ ދެއްވާފައެއް ނުވެއެވެ. ނަމަވެސް ވަރަށް އަވަހަށް އެތަން ރަސްމީކޮށް ހުޅުވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

މޯލްޑިވިއަން ކެބިން ކުރޫއިންނާއި ޕައިލެޓުންނަށް ފަޔަރ އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
7 ގަޑިއިރު ކުރިން

ކޮޅުފުށީގައި ގާއިމްކުރާ ހައުސިންގ ޔުނިޓްތަކުގެ ފެނާއި ނަރުދަމާ ގާއިމްކުރަން ފެނަކަ އާއި ހަވާލްކޮށްފި
7 ގަޑިއިރު ކުރިން

ޕީސީބީ އިން އާސަންދަ އާއި ބައްދަލުކޮށްފި
ދުވަހެއް ކުރިން

ހޯނޑެއްދޫ ސިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފި
2 ދުވަސް ކުރިން


