logo
--

--

ސައުދީގެ ޚާރިޖީ ވަޒީރު އީރާނަށް ވަޑައި ގަންނަވައިފި

profile

އައިޝަތު ޔާނިއާ - 18 ޖޫން 2023 - 07:19

ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިޞަލް ބިން ފަރްޙާން އަލް-ސަޢުދު އީރާނުގެ ވެރިރަށް ތެހެރާނަށް ވަޑައިގަންނަވައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ޙުސައިން އާމިރުޢަބްދުﷲހިއަންއާ ބައްދަލު ކުރައްވައިފިއެވެ.

https://wamco.com.mv/

މި ދަތުރު ފުޅުގައި އެ ޤައުމުގެ ރައީސް އިބްރާހީމް ރައީސީއާއި ބައްދަލު ކުރައްވައި ދެ ޤައުމުގެ ދެމެދުގައި ދޭދޭ ގުޅުންތައް ބަދަހިކުރުމާ ގުޅޭ ގޮތުން ޕްރިންސް ފަރްޙާން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން އަލުން ގާއިމުކުރުމާ ގުޅިގެން އެ ކަމާ މެދު އުފާފުޅު ކުރައްވާ ކަމުގައާއި ސަރަޙައްދީ ސުލްޙައާއި ހަމަޖެހުން ކުރިއަރުވަން މަސައްކަތް ކުރައްވާނެ ކަމުގައި އާމިރުޢަބްދުﷲހިއަންއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ޕްރިންސް ފަރްޙާން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ވިޔަފާރިއާއި އިންވެސްޓްމެންޓްގެ އިތުރުން ފަތުރުވެރިކަން ކުރިއަރުވަން ދެ ބޭފުޅުންގެ ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމުގައި ވެސް އާމިރުޢަބްދުﷲހިއަން ވިދާޅުވިއެވެ. އަދި އެއް ގައުމުން އަނެއް ޤައުމުގެ ދާޚިލީ ކަންކަމުގައި ތަދައްޚުލުވުމާ ދެކޮޅަށް މަސައްކަތް ކުރުމާއި، ދާޚިލީ ނިންމުންތަކަށް އިޙުތިރާމު ކުރުމަށް ދެ ބޭފުޅުންގެ މަޝްވަރާގައި ވަނީ އަލި އަޅުވާލައިފައެވެ.

ހަތް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ސަޢޫދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު ސިޔާސީ ގުޅުން އަލުން ގާއިމުކޮށްފައި ވަނީ ޗައިނާ އިން މެދުވެރިއެއް ގެ ދައuރު އަދާ ކޮށް މާރިޗު މަހުގެ 10 ވަނަ ދުވަހުގައެވެ.ސަޢޫދީ ޚާރިޖީ ވަޒީރަކު އެންމެ ފަހުން ތެހެރާނަށް ދަތުރުފުޅެއް ކުރައްވާފައި ވަނީ 2016 ވަނަ އަހަރުއެވެ.


https://wamco.com.mv/
https://eportal.mwsc.com.mv/e-pay