
މެންޗެސްޓާ ޔުނައިޓެޑާއި ބްރައިޓަން ވާދަކުރި މެޗުގެ ތެރެއިން...
ބްރައިޓަން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ހަތަރުވަނައަށް

ހަސަން ޝަމްއޫން - 25 އޮކްޓޯބަރު 2025 - 21:22
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 4-2 ގެ ނަތީޖާއަކުން ބްރައިޓަން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ލީގު ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެންޕިއަން ލިވަޕޫލް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ބްރައިޓަން އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބްރައިޓަން އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ މެންޗެސްޓާ ޔުނައިޓުން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުންކުރެ ކޮންމެ ޓީމަކުން ވެސް ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކެމަރޫން ފޯވާޑް ބްރަޔަން އެމްބުއުމޯ ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ބެންޖަމީން ސެސްކޯ އަދި ކާލޯސް ކަސަމީރޯ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ބްރައިޓެންގެ ޑެނީ ބެލްބެކް އަދި ކަރަލަންޕޯސް ކޮސްޓޫލަސް މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މެތިއުސް ކުންޔާ އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ނުވަ މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 16 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ.އަދި މިމެޗުން ބަލިވި ބްރައިޓަން އިން ލީގުގައި ކުޅުނު ނުވަ މެޗުން ހޯދި 12 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 12 ވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

މެންޗެސްޓަރ ޔުނިޓެޑް ދައްކުވައިދިނީ އެކަތިގަނޑެއްގެ ގޮތުގައި އޮތްކަން - ޓެން ހާގް
އަހަރެއް ކުރިން

މެންޗެސްޓަރ ޔުނައިޓެޑުން ކޯޗަކަށް ޒަވީ އައްޔަން ކުރާނެތަ ؟
އަހަރެއް ކުރިން

މެޗުން ބަލިވީ އިންސާފެއް ނެތް ނިންމުމެއްގެ ސަބަބުން – ޓެން ހާގް
އަހަރެއް ކުރިން

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗަކަށް ދެން އައްޔަންކުރާނީ ކާކު ؟
އަހަރެއް ކުރިން


