
34 ވަނަ ޕޮލިސް އިނީޝިއަލް ޓްރޭނިންގ ފުރިހަމަކުރި ފުލުހުން ދަސްވެނިވުމުގެ ގޮތުން މިރޭ ބޭއްވި ރައްމިޔާތުގައި މިނިސްޓަރު އިމްރާން ވާހަކަ ފުޅު ދައްކަވަނީ
ދިވެހި ފުލުހުންނަކީ ދިވެހިޤައުމުގެ އެންމެ ބޮޑު ޝަރަފް - މިނިސްޓަރު އިމްރާން

ޔޫޝައު ހަސަން - 14 ޖެނުއަރީ 2023 - 17:58
ދިވެހި ފުލުހުންގެ މުއައްސަސާއަކީ ދިވެހި ރައްޔިތުންގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ އެންމެ ބުރަ ޒިންމާ އުފުލަމުންދާ ފަރާތްކަމަށައި ދިވެހި ފުލުހުންނަނީ ދިވެހި ޤައުމުގެ ޝަރަފު ކަމުގައި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ، 34 ވަނަ ޕޮލިސް އިނީޝިއަލް ޓްރޭނިންގ ފުރިހަމަކުރި ފުލުހުން ދަސްވެނިވުމުގެ ގޮތުން މިރޭ ބޭއްވި ރައްމިޔާތުގައި ވާހަކަ ފުޅު ދައްކަވަމުންނެވެ. މިރޭ އައްޑޫ ސިޓީގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމެންޓްގައި ބޭއްވުނު ޚާއްސަ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ 2018 ވަނަ އަހަރު މި ސަރުކާރުން ވެރިކަމާއި ހަވާލުއިރު ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނުތަކަށް ފުލުހުން އޮތީ ދިވެހި ސަރުކާރުގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިކަމަށާއި ފުލުހުންގެ ލީޑަރޝިޕް ވަނީ ވަރަށް ބޮޑަށް ރޫޅި ބަލިކަށިވެފައިކަމުގައި މިނިސްޓަރު އިމްރާން ވިދާޅުވިއެވެ. އެހެންނަމަވެސް މި ސަރުކާރަށްފަހު އެކުލަވާލެވުނު ފުލުހުންގެ ލީޑަރޝިޕާއެކު ދިވެހި ފުލުހުންގެ ސަފުތައް ވަރަށް ބޮޑަށް ބަދަހިވެ ހަރުދަނާވެގެން ގޮއްސައި ވާކަމުގައި މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރުގެ ފުލުހުންގެ މުައްސަސާ އިތުރަށް ކުރިއެރުވުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 61 ޕޮލިސް ސްޓޭޝަން ޤާއިމުކުރުމާއި ދިވެހި ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ފުލުހުންގެ ޚިދުމަތައް 1000ށް ވުރެ ގިނަ ފުލުހުން ތަމްރީނުކޮށް ނެރުމަކީ ފާއިތުވި 4 އަހަރު ދުވަހުގެތެރޭގައި ރައްޔިތުނަނަށް ކޮށްދެވުން ބޮޑު ޚިދުމަތެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
އަދި ހަމަ އެއާއެކު ފުލުހުންގެ ލީޑަރޝިޕްގެ ހުރިހާ ފަރާތްތަކުން ގުޅި ލާމެހި އެއްބައިވަންތަކާއެކު ކުރެވޭ މަސައްކަތުގައި ފުލުހުންގެ ޚިދުމަތަށް އަލަށް ތަމްރީނު ކުރެވޭ ފުލުހުންނަށް ތަމްރީނުކޮށް ދިނުމަކީ ދިވެހި ދައުލަތަށާއި ޤައުމުގެ ރައްޔިތުންގެ ހައްޤުގައި ފުލުހުންނަށް ކޮށްދެވޭނެ އެންމެ ބޮޑު އެއް ޚިދުމަތްކަމުގައި މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.
އަދި ހަމަ އެހެންމެ ދިވެހި މުޖުތަމައުގެ އާދަކާދައިގެ ގޮތުން ކުރިމަތިވަމުން މި އަންނަނީ ގޮންޖެހުން ބޮޑު ދުވަސްވަރަކާއި ކަމަށާއި އެއްވެސް ފުލުހަކު ދިވެހި ރައްޔިތެއްގެ ކަރާމާތާއި ރައްކާތެރިކަމަށް ބުރޫއަރާނެ ނުވަތަ ނިކަމެތިކަމެއް ލިބޭނެކަމެއް ނުކުރުމަށް އިލްތިމާސްކުރައްވައި މިނިސްޓަރު ވަނީ ފުލުހުންގެ ކުރިއެރުމަށާއި އަގު ހިފެހެއްޓުމުގެ ބުރަ މަސްއޫލިއްޔަތު އަދާކޮށްދެއްވަމުން ގެއްދާކަމަށްޓަކައި ފުލުހުންގެ ލިޑަރޝިޕަށް ޝުކުރު އަދާކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން