logo
IMG_5519.jpeg

IMG_5519.jpeg

ބެލްޖިއަމް ބައިކޮޅަށް ގޯލެއް؛ ފްރާންސް ކުއާޓަރ ފައިނަލަށް

profile

ޒިދާން މުޙައްމަދު - 01 ޖުލައި 2024 - 19:52

ބެލްޖިއަމަށް ހެދުނު ގޯހަކުން ޖަރުމަނުގައި މިހާރު ކުޅެމުންދާ ޔޫއެފާ ޔޫރޯ 2024ގެ ކުއާޓަރ ފައިނަލުން މުބާރާތުގެ ފެވަރިޓުން ކަމަށްވާ ފްރާންސް ޖާގަ ހޯދައިފިއެވެ.

https://wamco.com.mv/

ޑުސެލްޑޯފްގެ މިއަކުޝްޕިލް އަރީނާގައި ކުޅުނު މެޗުގެ ފަހަކާ ޖެހެންދެން ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނެވެ. އެކަމަކު މެޗުގެ 90 މިނެޓް ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް ފްރާންސަށް ވަނީ ގޯލެއް ލިބިފައެވެ.

އެ ގޯލް ފުރާންސަށް ލިބުނީ ފްރާންސްގެ އުސްމާން ޑެމްބެލޭ ފޮނުވާލި ހަމަލާ ދިފާއުކުރަން އުޅުމުގެ ތެރޭގައި، ބެލްޖިއަމްގެ ޔޭން ވާޓޮންގެންއަށް ހެދުނު ގޯހެއްގެ ސަބަބުން ބައިކޮޅަށް ބޯޅަވަނުމުންނެވެ.

އެ ބޯޅަށް ގޯލަށް ވަންނަން މެދުވެރިވީ ބެލްޖިއަމްގެ ކުޅުންތެރިޔާގެ ފައިގައި ޖެހިފައި ބޯޅައިގެ މިސްރާބު ބަދަލުވުމުންނެވެ. ބޯޅައިގެ މިސްރާބު ބަދަލުވުމުން ކީޕަރު ކޯން ކަސްޓީލްއަށްވެސް ހަރަކާތް ކުރެވުނީ ގޯސް ފަޅިއަށެވެ. ގިނަ ފައުލްތަކެއް ފެނިގެންދިޔަ މިމެޗުގައި ބެލްޖިއަމްގެ ކުޅުންތެރިން ވަނީ 10 ފައުލްކޮށްފައެވެ. ފްރާންސުން 7 ފައުލް ފެނިގެންދިޔައިރު، އެ ޓީމުގެ ކުޅުންތެރިންނަށް ތިން ރީނދޫކާޑު ވަނީ ދައްކާފައެވެ. ބެލްޖިއަމްގެ ދެ ކުޅުންތެރިޔަކަށް ރީންދޫ ކާޑު ދެއްކިއެވެ.

މެޗުގެ 56 އިންސައްތަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ފްރާންސްގެ ކުޅުންތެރިންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށްވެސް ލިބި ވަނީ ބޭކާރުވެފައެވެ.

މެޗުގައި ފެނުނު ހަމައެކަނި ލަނޑު ވަދެފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކޯލޯ މުއާނީ އުފެއްދި ހަމަލާއަކުންނެވެ. މިމެޗު ނިމުނީ 1-0ގެ ނަތީޖާއަކުންނެވެ.

https://wamco.com.mv/
https://www.aslu.com.mv