
ކުޑަހުވަދޫ ދާއިރާގެ މެމްބަރު އާމިރު
ގެސްޓު ހައުސް ތަރައްޤީ ކުރާ ފަރާތްތަކަށްވެސް ލުއި ގޮތްތައް ހޯދައިދޭން ގޮވާލައިފި

އަހުމަދު ޒަލީފު - 25 އޮކްޓޯބަރު 2023 - 05:48
ރިސޯޓް ތަރައްގީ ކުރަން ދޭ "އިންސެންޓިވްސް" (ލުއި)ތައް ގެސްޓު ހައުސް ތަރައްގީ ކުރާ ފަރާތްތަކަށް ވެސް ދޭން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ގޮވާލައްވައިފިއެވެ.
އާމިރު އެގޮތަށް ގޮވާލެއްވީ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް މަޖިލީހުގެ ތަޅުމުގައި މިއަދު ކުރި ބަހުސްގެ ތެރެއިންނެވެ.
އާމިރު ވިދާޅުވީ ޓޫރިސްޓް ރިސޯޓެއް ތަރަައްގީ ކުރުމަށްޓަކައި ގެންނަ ތަކެތިން ޑިއުޓީ މާފުކޮށްފައި އޮންނަ އިރު ގެސްޓު ހައުސް ތަރައްގީ ކުރާ މީހާއަށް އެފަދަ އެއްވެސް އިނާޔަތެއް ނޯންނަ ކަމަށެވެ.
އެހެން ނަމަވެސް ގެސްޓު ވިޔަފާރީގައި އުޅޭ މީހާވެސް ގްރީން ޓެކްސްއާއި އެހެނިހެން ޓެކްސް ދައްކަނީ އެއްވަރަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު ދަންނަވާނީ މި ހަމަހަމަކަން އެބަ ގެންނަން ޖެހެއޭ. މި ދިވެހި ރާއްޖޭގެ ރަށްތަކުގައި މިހާރުވެސް ޓޫރިސްޓް ދާއިރާއަށް ހިދުމަތް ދިނުމަށްޓަކައި ގެސްޓް ހައުސްތައް ތަރައްގީ ކުރުމުގެ ވިސްނުން އެތައް ބައެއްގެ އެބަ ތިބި. އެހެން ނަމަވެސް ދައުލަތުން ޓޫރިސްޓް ދާއިރާއަށް ރިސޯޓް ތަރައްގީ ކުރަން ދޭ އިންސެންޓިވްއެއް ގެސްޓު ހައުސް ތަަރައްގީ ކުރުމަށް ދެމުންދާތަނެއް ނުފެނޭ.". އޭނާ ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ އެގޮތަށް އިންސެންޓިވްސް ދޭނަމަ ރާއްޖޭގެ އެތައް ރަށެއްގައި ގެސްޓު ހައުސްގެ ވިޔަފާރި ކުރިއަރަމުންދާނެ ކަމަށެވެ.
އާމިރު އިތުރަށް ވިދާޅުވީ ރާއްޖެއިން ބަރޯސާ ވާންވީ ހަމައެކަނި ފަތުރުވެރިކަމަށް އެކަނި ނޫން ކަމަށެވެ. އަދި އެގޮތަށް ބަރޯސާ ވެގެން ތިބުމުން ލިބިފައި ހުރި ގެއްލުންތައް ފެނިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން