އަޒުމް ކަނޑައަޅަންވީ ކެންސަރަށް އެންމެ ބޮޑަށް މަގުފަހިކުރުވާ ދުންފަތާ ދުރުވުމަށް: ރައީސް

އައިޝަތު އިނާޝާ - 04 ފެބްރުއަރީ 2025 - 06:55
ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ކަމަށާއި، އަޅުގަނޑުމެން އަޒުމް ކަނޑައަޅަންވީ އެ އާދައިން ދުރުހެލިވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދަކީ ދުނިޔޭގެ ކެންސަރު ބަަލީގެ ދުވަހެވެ.
ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކެންސަރު ބަލީގެ ޝިކާރައަކަށް ވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުންކަމަށާއި، މިފަދަ ދުވަހެއްގައި މި ނުބައި އާދައިން ދުރުވުމަށް އަޒުމް ކަނޑައެޅުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
މިދިޔަ އަހަރު ރާއްޖޭގައި ކެންސަރަށް ފަރުވާކުރާ 1،400އަށްވުރެ ގިނަ މީހުން ރިކޯޑު ކުރެވިފައިވާއިރު، މި އަހަރުގެ މިހާތަނަށް 1،600އަށްވުރެ ގިނަ މީހުން ކެންސަރަށް ފަރުވާ ކުރާ ކަމަށް ރިކޯޑުތަކުން ދައްކާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން ވަނީ ދުންފަތާއި ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ.
އެގޮތުން ރާއްޖޭގައި ވޭޕު މަނާކޮށް، ސިނގިރެޓުން ނަގާ ޑިއުޓީ ބޮޑުކޮށްފައެވެ.
ވޭޕްކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްގެ އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.
ދުންފަތް ބޭނުންކުރަން އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާކުރާނެ އެވެ. ވިއްކި ކޮންމެ އެއްޗަކަށް 10،000ރ. ގެ ޖޫރިމަނާއެއްގެ އިތުރުން ހިލޭ ބަހައިފި ނަމަ 10،000ރ. އިން ޖޫރިމަނާކުރަން ގާނޫނުގައި ކަނޑައަޅާފައިވެ އެވެ. އެފަދަ އެއްޗެއް ވިއްކީ ކުޑަކުއްޖަކަށް ނަމަ އެ މީހެއްގެ ޖޫރިމަނާ 50،000ރ. އަށް ބޮޑުވާނެ އެވެ. އަމިއްލަ މީސްމީހުންގެ ގޭގައި ހިންގާ ސަރުކާރުގެ އޮފީސް އިމާރާތްތަކުގައިި ވެސް ދުންފަތުގެ އިސްތިއުމާލްކުރުން މަނާވާނެ އެވެ.
ގުޅުން ހުރި ޙަބަރުތައް

އޭޓީއެމް ފެއަރގައި ވިޒިޓް މޯލްޑިވްސް އިން ބައިވެރިވެ، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަނީ
8 ގަޑިއިރު ކުރިން
ސްޕްރީމްކޯޓުގެ ތަޅުއެޅުވީކީ ނޫން، އެއީ ސިޔާސީ ކަމެއްވެސް ނޫން، އިންސާފު ގާއިމުކުރީ: ރައީސް ޔާމީން
8 ގަޑިއިރު ކުރިން

ޤައުމުގެ ފިކުރު ބައްޓަންކުރުމުގައި ޒުވާން ޚަޠީބުން އިސްނެގުމަށް ރައީސް އެދިވަޑައިގެންފި
9 ގަޑިއިރު ކުރިން

400 މިލިއަން ޑޮލަރަކީ ޕާޓީގެ ޕޯޑިއަމްގައި ވިދާޅުވި އަމާޒެއް: ވަޒީރު ސައީދު
9 ގަޑިއިރު ކުރިން


