logo
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލެ ފޭސް 2 ގައި ތަރައްގީ ކުރި ފްލެޓްތައް

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލެ ފޭސް 2 ގައި ތަރައްގީ ކުރި ފްލެޓްތައް

ރަށްވެހިކަން ބަދަލުކުރާ ލިޔުން ޕޯޓަލް އިން ލިބޭނެ: އެފްޑީސީ

profile

މުޙައްމަދު ފަޟްލޫން - 07 މޭ 2026 - 05:54

ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީގެ ފްލެޓްތަކަށް ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ ޑޮކިއުމަންޓްތައް އެފްޑީސީ ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

https://wamco.com.mv/

ހުޅުމާލެ ފޭސް 2 ގައި އެފްޑީސީ އިން ބިނާކޮށްފައިވާ ފްލެޓުތަކަށް ރަށްވެހިކަން ބަދަލުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށްޓަކައި، އެ ކުންފުނިން މާލެ ސިޓީ ކައުންސިލާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، ފްލެޓުތަކުގެ ވެރިފަރާތްތަކުން ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ ހާލަތްތަކުގައި، އެކަމަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް އެ ކުންފުނީގެ ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ސަރުކާރުގެ ޑިޖިޓަލައިޒޭޝަން މަގުޗާޓާ އެއްގޮތަށް، ކަރުދާސް ހުށަހަޅަން ނުޖެހޭ ގޮތަށް އޮންލައިންކޮށް ވަންގަވް މެދުވެރިކޮށް، ސިޓީ ކައުންސިލަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ފޯރުކޮށްދެވޭނެ ކަމަށްވެސް ހަމްދާން ވިދާޅުވިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ ފްލެޓްތަކަށް ރަށްވެހިކަން ބަދަލުކުރުމުގައި އިދާރީ އެއްވެސް ހުރަހެއް ނެތްކަން ހާމަކުރައްވަމުން، އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، މިކަމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެފްޑީސީން ތަރައްޤީކޮށްފައިވާ 32 ޓަވަރުގައި ހިމެނޭ 4,000 ހައުސިންގ ޔުނިޓްގައި ގާތްގަނޑަކަށް 30,000 އަށްވުރެ ގިނަ މީހުން އާބާދުވާނެ ކަމަށް އަންދާޒާކުރެވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk