logo

"ޓޫ އޮފް އަސް" ބޭންޑަށް ތިންވަނަ، ފަޚުރުވެރި ކާމިޔާބެއް!

profile

ޒިދާން މުޙައްމަދު - 04 މޭ 2025 - 16:40

ބައިނަލްއަޤުވާމީ އެކި ބޭންޑުތަކުން ބައިވެރިވާ، "ބެޓަލް އޮފް ދަ ބޭންޑްސް އިންޓަރނޭޝަނަލް"ގެ ތިންވަނަ ނުވަތަ ދެވަނަ ރަނަރަޕްގެ އެވޯޑް އެ މުބާރާތުގައި ވާދަކުރި ރާއްޖޭގެ "ޓޫ އޮފް އަސް" ބޭންޑު ހޯދައިފިއެވެ.

https://wamco.com.mv/

އެ މުބާރާތުގެ ގްރޭންޑް ފިނާލޭގައި އެ ބޭންޑުން ވަނީ ގަދަ ފަސް ބޭންޑާ ވާދަކޮށްފައެވެ. ގްރޭންޑް ފިނާލޭގައި އެންމެ މޮޅު 3 ޓީމު ހޮވިއިރު، ބެޓަލް އޮފް ދަ ބޭންޑްސް އިންޓަރނޭޝަނަލް"ގެ ތިންވަނަ އަށް ހޮވި، "ޓޫ އޮފް އަސް" ބޭންޑު މިވަނީ ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ.

މިއީ ރާއްޖޭގެ ބޭންޑަކުން މިފަދަ ބޮޑު މުބާރާތެއްގައި ވަނައެއް ހޯދި ފުރަތަމަ ފަހަރެވެ.

އިންޑިއާގައި ކުރިއަށްދިޔަ ބައިނަލްއަޤުވާމީ މިޔުޒިކް ބޭންޑުތަކުގެ މުބާރާތުގައި ރާއްޖެ ތަމްސީލްކޮށް "ޓޫ އޮފް އަސް"އިން ވަނީ ކުޅަދާނަ ހުށަހެޅުންތަކާއި ހަރަކާތްތަކެއް ދައްކާފައެވެ.

އެ ބޭންޑުން މުބާރާތުގައި ހުށައަޅައިދިން ހުރިހާ ހުށަހެޅުމަކަށްވެސް ޖަޖުންނާއި ބެލުންތެރިން، ޚާއްސަކޮށް ދިވެހިންގެ ބޮޑު ތަރުޚީބެއް ވަނީ ލިބިފައެވެ.

ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި ދިވެހި ބޭންޑަކުން ބައިވެރިވިއިރު ދިވެހިންގެ ފަރާތުން އެ ބޭންޑަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެ ބޭންޑުގެ ހުށަހެޅުންތަކަށް ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.

"ޓޫ އޮފް އަސް" ބޭންޑުން ބެޓަލް އޮފް ދަ ބޭންޑްސްގައި ދިވެހި އަދި ހިންދީ ލަވަތައްވެސްވަނީ ހުށަހަޅައިދީފައެވެ. އެ ބޭންޑުގެ ހުނަރުވެރިކަން ހުރިހާ ޖަޖުންވެސް ފާހަގަކުރިއެވެ.

އެގޮތުން، އިންޑިއާގެ މިޔުޒިކް އިންޑަސްޓްރީގެ އެންމެ މަޝްހޫރު އެއް މިޔުޒިކް ކޮމްޕޯސަރު ކަމަށްވާ އަނޫ މަލިކްވެސް ވަނީ ޓޫ އޮފް އަސް އަކީ މިފަހުން އޭނާއަށް ފެނުނު އެންމެ ހުނަރުވެރި ބޭންޑުކަމަށް ބުނެފައެވެ. އަދި ބޭންޑުގައި ހިމެނޭ ފަންނާނުންގެ ހުނަރުތަކަށް އޭނާވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.

މި މުބާރާތުގައި އެކި ޤައުމުތަކަށް ނިސްބަތްވާ 12 ޓީމަކުންވަނީ ވާދަކޮށްފައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay