
ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 11 މޭ 2025 - 10:38
ގައުމީ ބޭންކު (ބީއެމްއެލް) ގެ ސްކޮލާޝިޕް ފަންޑަށް އެދި ހުށަހެޅުމުގެ ހުޅުވާލައިފިއެވެ.
އެ ސްކޮލާޝިޕަކީ ބޭންކިން އަދި ފައިނޭންސް ދާއިރާގައި މަސައްކަތްކުރާނެ ހުނަރުވެރި ދިވެހި ޒުވާނުން ބިނާކުރުމުގެ އަމާޒުގައި ބޭންކުން ހިންގާ ސްކޮލާޝިޕް ޕްރޮގުރާމެކެވެ.
އެ ސްކޮލާޝިޕަކީ ޝައުގުވެރިވާ ދިވެހީންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީއަކުން އެ ދާއިރާއިން ބޭނުންވާ ކޮންމެ އަންޑާ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރުމަށް ހުރިހާ ހަރަދެއް ހަމަޖައްސައިދޭ ސްކޮލާޝިޕެކެވެ.
ބީއެމްއެލްއިން ބުނީ އެ ސްކޮލާޝިޕަކީ މާލީ ދާއިރާގައި ދިވެހި ތަޖުރިބާކާރުން ބިނާކޮށް ،ޤާބިލުކަން އިތުރުކުރުމަށް ބޭންކުންކުރާ މަސައްކަތްތަކުގެ ތެރެއިން ބޭންކުން ކުރަމުން އަންނަ މުހިންމު އެއް މަސައްކަތް ކަމަށެވެ.
އެ ފަންޑުގެ ދަށުން ސްކޮލާޝިޕް ލިބޭ ދަރިވަރިންނަށް ޓިއުޝަން ފީ، މަހު އެލަވަންސް، ވިސާ ފީ، ފޮތާއި އެސްޓަބްލިޝްމަންޓް އެލަވަންސް އިތުރުން ދަތުރުފަތުރުގެ ހަރަދު ބޭންކުން ހަމަޖައްސައިދޭނެ ކަމަށާއި އޭލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ދިވެހިންނަށް އެ ސްކޮލާޝިޕަށް ކުރިމަތިލެވޭނެ ކަމަށް ވެސް ބުނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މާލީ ދާއިރާއަށް ގާބިލު މީހުން އުފެއްދުމުގައި ބީއެމްއެލް ސްކޮލާޝިޕް ފަންޑުން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.
ބީއެމްއެލްއިން ބުނީ 2022 ވަނަ އަހަރު ސްކޮލާޝިޕް ފަންޑް ތައާރަފްކުރުމަށްފަހު މިހާތަނަށް ނުވަ ދަރިވަރަކަށް ސްކޮލާޝިޕް ފޯރުކޮށްދީފައިވާ ކަމަށެވެ. އެ ދަރިވަރުން ޔޫކޭ އަދި އޮސްޓްރޭލިއާގައި ތައުލީމު ހާސިލުކުރަމުން ދަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޔުނިވާސިޓީތަކުގައެވެ.
މިއަހަރުގެ ސްކޮލާޝޮޕް ފަންޑަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ 10 ޖޫން 2025 އެވެ. ފަންޑަށް ކުރިމަތުލުމުގެ ޝަރުތުތަކުގެ މައުލޫމާތާއި ފަންޑަށް އެދި ހުށަހަޅާނެގޮތް ބީއެމްއެލް ވެބްސައިޓުން ފެންނާނެ ކަމަށް އެ ބޭންކުން ބުނެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން