
ރާއްޖޭގެ ފަތުރުވެރިކަމުގެ ގްލޯބަލް ބްރޭންޑް އެމެބްސެޑަރަކަށް ކެޓްރީނާ

އައިޝަތު އިނާޝާ - 10 ޖޫން 2025 - 08:32
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ރާއްޖޭގެ ފަތުރުވެރިކަމުގެ ގްލޯބަލް އެމްބެސެޑަރ ކަމަށް ބޮލީވުޑުގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް، ހަމަޖައްސައިފިއެވެ.
ހޫނު މޫސުމާއި ގުޅުވައި ކުރިއަށް ގެންދާ ވިޒިޓް މޯލްޑިވްސް ސްޕެޝަލް ސަމާ ސޭލް ކެމްޕެއިންގެ މަގްސަދަކީ ގުދުރަތީ ރީތިކަމާއި، ހިތްގައިމު ކަނޑުގެ ދިރުންތަކާއި، ރާއްޖޭގައި ލިބެން ހުރި ހާއްސަ ލަގްޒަރީ ތަޖުރިބާތައް ދެނެގަތުމަށް އިތުރު ދަތުރުވެރިން ޝައުގުވެރިކުރުވުމެވެ.
މި ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ޤުދުރަތީ ރީތިކަން ދައްކުވައިދީ، ހިތްގައިމު ކަނޑުގެ މަންޒަރުތައް ޕްރޮމޯޓުކޮށް މަތީ ފަންތީގެ ފަތުރުވެރިކަން އިޝްތިހާރު ކުރާނެއެވެ.
މި ކެމްޕެއިންގެ ދަށުން ބޮލީވުޑުގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ހަމަޖައްސައި ގްލޯބަލް ބްރޭންޑް އެމްބެސެޑަރ ކަން ވަނީ ދީފައެވެ.
ކެޓްރީނާ ކެއިފަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަންނާނެއް އަދި އެތައް އެވޯޑް ހާސިލްކޮށްފައިވާ ވިޔަފާރިވެރިއެކެވެ. ބްލޮކްބަސްޓާ ގިނަ ފިލްމުތަކާއެކު، އިންޑިއާގެ ސިނަމާއަށް އޭނާ ކޮށްދީފައިވާ ހިދުމަތްތަކަކީ ވަރަށް ފުރިހަމަ ހިދުމަތްތަކެކެވެ.
ކެޓްރީނާ ބުނީ ދިވެހި ފަތުރުވެރިކަން ޕްރޮމޯޓް ކުރުމުގެ ފުރުޞަތު ލިބިގެން ދިއުމަކީ އޭނާއަށް ލިބުނު ފަޚުރެއް ކަމަށެވެ. އޭނާ ބުނީ ރާއްޖެ ތަމްސީލުކުރަނީ ޤުދުރަތީ ރީތިކަމާއި މަތީ ފަންތީގެ ޚިދުމަތް ކަމަށްވާއިރު، ރާއްޖެ ތަފާތުވާގޮތް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށް ކިޔައިދީ ރާއްޖެ މަޤުބޫލު މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓު ކުރުމަށް ކެތް މަދުވެފައިވާ ކަމަށެވެ.
ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވަނީ މި މަގާމަށް ބޭފުޅަކު ހަމަޖެއްސުމާ މެދު އުފާކުރައްވާ ކަމަށާއި ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް ކެޓްރީނާ ހަމަޖެއްސުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ފާހަގަކުރަށްވާފައެވެ. އާއެކު ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލުގެ މަޤާމު 5 އަހަރު ހާސިލްކޮށްފައިވާ ރާއްޖެ ޕްރޮމޯޓު ކުރުމަށް ކެޓްރީނާއަކީ އެންމެ އެކަށޭނެ އެކަކުގެ ކަމަށް ޝިއުރީ ވިދާޅުވިއެވެ.
ސަމާ ސޭލް ކެމްޕެއިންގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލަގްޒަރީ ރިސޯޓްތަކާއި ބުޓިކް ގެސްޓްހައުސްތަކާއި އާއިލާއާ ރައްޓެހި އެކޮމޮޑޭޝަންތަކުގައި އެކްސްކްލޫސިވް އޮފާތަކާއި އަގުހުރި ޑީލްތައް ދައްކާލަ އެވެ. މި ކެމްޕެއިން މިހާރު ދަނީ އިނގިރޭސިވިލާތް، ރަޝިއާ އަދި ސީއައިއެސް، ޑީއޭއެޗް ސަރަހައްދު، އިޓަލީ، ޕޮލެންޑް، ސްޕެއިން އަދި އިންޑިއާ ފަދަ ދުނިޔޭގެ ބޮޑެތި މާކެޓްތަކުގައި ހަރަކާތްތެރިވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން