logo

ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 26.5 ބިލިއަން ރުފިޔާއަށް އަރައިފި

profile

މުޙައްމަދު ފަޟްލޫން - 12 އޯގަސްޓު 2026 - 12:33

މިއަހަރުގެ އޯގަސްޓް 6 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 26.5 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

https://wamco.com.mv/

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އާމްދަނީ އާއި ހިލޭ އެހީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީ އާއި ކޯޕަރޭޓް އިންކަމްސް ޓެކްސްގެ އާމްދަނީ އިތުރުވެފައިވުމެވެ.

މިއަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބުނު 26.5 ބިލިއަން ރުފިޔާ އަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 9.3 އިންސައްތައިގެ ކުރިއެރުމެއް ކަމަށްވާއިރު،

މީގެ ތެރެއިން ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 20.5 ބިލިއަން ރުފިޔާއަކީ 10.1 އިންސައްތައިގެ އިތުރުވުމެކެވެ.

އާމްދަނީގެ މުހިއްމު ބައެއް ހިއްސާކުރާ ކޯޕަރޭޓް އިންކަމް ޓެކްސްއިން ލިބުނު މިންވަރުވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 1.4 އިންސައްތަ އިތުރުވެ، 2.7 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މިއަހަރުގެ މިހާތަނަށް ޖީއެސްޓީގެ ގޮތުގައި ޖުމްލަ 10.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރު ލިބުނު 9.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރުވުމެކެވެ.

މީގެ ތެރެއިން ޓީޖީއެސްޓީގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޖީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު 3.4 ބިލިއަން ރުފިޔާއަކީ މިދިޔަ އަހަރާ އަޅާބަލާއިރު 10.4 އިންސައްތައިގެ ކުރިއެރުމެކެވެ.

ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު ދެގުނައަށް އިތުރުވެފައިވާއިރު، ދައުލަތުން ދަނީ ދަރަނި އަދާކުރުމުގެ ޒިންމާތައް ބަރާބަރަށް އަދާކުރަމުންނެވެ.

ބޭރުގެ ލޯނުތައް ދެއްކުމަށް ކުރި ހޭދަ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު % 146 އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

2026 ވަނަ އަހަރު ލޯނު ދެއްކުމަށް 12.9 ބިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވާއިރު، ދައުލަތުގެ ހިނގާ ހަރަދުތައް ވަނީ 23.9 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

https://wamco.com.mv/
tel:+9607331319