logo

ވިއެޓްނާމް އާއި ރާއްޖެ އާއި ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަން ނިންމައިފި

profile

މުޙައްމަދު ފަޟްލޫން - 24 ސެޕްޓެމްބަރު 2026 - 12:35

ދިވެހިރާއްޖެއާއި ވިއެޓްނާމާ ދެމެދު ސިޔާސީ ގޮތުންނާއި ރަސްމީ ދާއިރާތަކުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށްޓަކައި މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

https://wamco.com.mv/

މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ.

ވިއެޓްނާމް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޚާރިޖީ ވަޒީރު ލެ ހައޮއި ޓްރަންގް އެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ހަރުދަނާކޮށް، އައު ހަރުފަތަކަށް ގެންދިއުމެވެ.

މި ފަހުމުނާމާގެ ދަށުން، ދެ ޤައުމުގެ ޚާރިޖީ ވުޒާރާތަކުގެ މެދުގައި ދޭދޭ މަޝްވަރާތައް ބޭއްވުމަށް ޚާއްޞަ އޮނިގަނޑެއް އެކުލަވައިލެވޭނެއެވެ.

މީގެއިތުރުން، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ އެކިއެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް، ގަވާއިދުން މަޝްވަރާކުރަމުން ގެންދިއުމަށް މި އޮނިގަނޑުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.

ފަހުމުނާމާގައި ސޮއިކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، މިއީ ދެ ގަ އުމުގެ ގުޅުން އިތުރަށް ބަދަހިވެ، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށާއި ރަސްމީ މުޢާމަލާތްތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

https://wamco.com.mv/
tel:+9607331319