
އދ. ލޮނުބޮއިގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ހުޅުވާލައިފި

އާމިނަތު ޝަޒްލާ - 27 އޯގަސްޓު 2026 - 12:47
އަރިއަތޮޅު ދެކުނުބުރީ ލޮނުބޮއިގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ފަތުރުވެރިކަން ކުރުމަށް ރަށްރަށާއި ފަޅުތައް ތަރައްޤީކުރުމަށް ފުރަތަމަ ހުޅުވާލީ 2024 ވަނަ އަހަރުގެ މޭ މަހުގެ 30 ވަނަ ދުވަހުއެވެ. އެ ބުރުގައި 1 އަތޮޅަކުން 14 ރަށަކާއި 3 ފަޅަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލިއެވެ. ދެ ވަނަ ބުރުން ފެށިގެން ލިސްޓަށް ތަފާތު ވަގުތުތަކުގައި ތަކުރާރުކޮށް އިސްލާހުތައް ގެނެސްފައިވެއެވެ.
މިގޮތުން ގެނެވުނު 12 ވަނަ އިސްލާހުގައި، 1.2 ހެކްޓަރުގެ ރަށެއް ކަމަށްވާ އދ. ލޮނުބޮއިގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ހުޅުވާލިއެވެ. ލޮނުބޮއި ކުރިން ތަރައްޤީ ކޮށްފައި ވަނީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަމަށްވެ، ކުރީ ސަރުކާރުން ވަނީ ރަށް ޕިކްނިކް ބޭނުމަށް ހުޅުވާލާފައެވެ.
ނަމަވެސް 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާ ބޭއްވި ބައްދަލުވުމުގައި، ލޮނުބޮއި ފަތުރުވެރިކަމަށް ހުޅުވާލައިދިނުމަށް އދ. އަތޮޅު ކައުންސިލުން ވަނީ ދަންނަވާފައެވެ. ކައުންސިލްގެ ދަންނަވާލެއްވުމާ ގުޅިގެން ރަށް ފަތުރުވެރިކަމަށް ހުޅުވާލެވިގެން ދިއުމަކީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރަށްރަށުގެ ކައުންސިލްތަކުގެ ޚިޔާލާ ފިކުރަށް ސަރުކާރުން ދެއްވާ ސަމާލުކަން ހާމަވެ ދިޔަ ކަމެއް ކަމަށް ބެލެވެއެވެ.
ސަރުކާރުން ވަނީ ފަތުރުވެރިކަމުގެ ސިނާޢަތަށް ތަރައްޤީ ކުރެވޭ ރަށްތައް އިތުރުކޮށް، ފަތުރުވެރިކަމުން ލިބޭ ޤައުމީ އާމްދަނީ ހެޔޮ ގޮތުގައި ކުރިއެރުވުމަށް އަމާޒު ހިފާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފަލަސްތީނުގެ މައްސަލައަށް ހައްލުހޯދަން އޯއައިސީގެ ދައުރު ހަރުދަނާކުރަންޖެހޭ: ދިވެހިރާއްޖެ
11 މިނިޓު ކުރިން

ޕާސްޕޯޓު ލިބުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅިގެން، މުއްދަތު އިތުރުކުރުމާއި އިމަޖެންސީ ޕާސްޕޯޓް ދޫކުރަން ފަށައިފި
12 މިނިޓު ކުރިން

ޑޮލަރު ލިބޭނެ މަގު ތަނަވަސްކުރަން ކަސްޓަމްސް-ބޭންކް ނިޒާމެއް!
16 ގަޑިއިރު ކުރިން

ހުޅުދެލީ ޖެންސެޓް ހިދުމަތަށް ތައްޔާރު!
17 ގަޑިއިރު ކުރިން


