logo

ތިން އަހަރަށްފަހު ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް!

profile

އަހުމަދު ޒަލީފު - 18 ޖެނުއަރީ 2023 - 11:47

ޗައިނާގެ ފަތުރުވެރިންތަކެއް

ޗައިނާގެ ފަތުރުވެރިންތަކެއް

ބަންދުކޮށްފައި އޮތް ޗައިނާއިން ތިން އަހަރަށް ފަހު ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.

https://wamco.com.mv/

ކޮވިޑްގެ އާލަމީ ވަބާއާއި ގުޅިގެން 2020 ވަނަ އަހަރު ބަންދުކޮށްފައި އޮތް ޗައިނާގެ ބެއިޖިން އެއާއިން އެތަށް އަހަރަށްފަހު ރާއްޖެއަށް ފުރަތަމަ ފްލައިޓް ޖައްސާފައިވަނީ މިއަދު މެންދުރު 12:50 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެ ޕްލައިޓުން ރާއްޖެއަށް މިއަދު ވަނީ 198 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ މިދިޔަ ދެ އަހަރު ރާއްޖެއަށް ޗައިނާ ފަތުރުވެރިން ޒިޔާރަތް ނުކުރާ ކަމަށެވެ.

މި ދެތިން އަހަރު މި ދިޔައީ އެބޭފުޅުން ނުލާ. ޗައިނާ މާކެޓް އައުމުން މިއީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. މި ވަގުތު ވިސްނަން ޖެހޭ ކުރިމަތުގައި ޗައިނާ ފަތުރުވެރިންގެ ދަތުރުފަތުރު ހުންނަ ގޮތާއި މެދު - ތޮއްޔިބު

ކޮވިޑް19 ގެ ކުރިން ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު ޗައިނާއިން ރާއްޖެއަށް 284029 (ދެ ލައްކަ އަށްޑިހަ ހަތަރު ހާސް ނަވަވީސް) ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ އެ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމެވެ.
ޗައިނާގައި އެންމެ ފުޅާ ދާއިރާއެއްގައި އޮންލައިން ޓްރެވަލް އެޖެންޓުކަމުގެ ޙިދުމަތްދޭ، ސީ-ޓްރިޕުން، ޗައިނާ އައުޓްބައުންޑު ޓޫރިޒަމް ރިސަރޗު އިންސްޓިޓިއުޓް އާއި ގުޅިގެން މިއަހަރު ވަނީ ޗައިނާ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލު މަންޒިލްތައް ހިމަނައިގެން ރިޕޯޓެއް ނެރެފައެވެ. ޗައިނީސް ހައި- އެންޑު އައުޓްބައުންޑް ކަސްޓަމައިޒްޑު ޓްރެވަލް ރިޕޯޓުގައިވާގޮތުން ރާއްޖެއަކީ ޗައިނާ ފަތުރުވެރިންގެ މެދުގައި 4 ވަނަ އަށް އެންމެ މަޤްބޫލް މަންޒިލެވެ.

ކޯވިޑަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން، ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ލިބެމުންނެވެ. އެގޮތުން ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް ވިދިވިދިގެން 3 ވަނަ ފަހަރު މިއަހަރު ރާއްޖެއަށް ވަނީ ލިބިފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން މިއަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުކަމުގައިވާ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ އަމާޒު މިމަހުގެ 20 ވަނަ ދުވަހު ވަނީ ހާޞިލުކޮށްފައެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް ލިބެމުންދާ ކުރިއެރުންތަކާއެކު، ރާއްޖޭގެ މުޅި އިޤްތިޞާދީ ކުރިމަގުވެސް ފެނިގެންދަނީ އުޖާލާކޮށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.


https://wamco.com.mv/
tel:+9607331319