
އިކުއެޓޯރިއަލް ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ފަށައިފި

މުޙައްމަދު ފަޟްލޫން - 18 ޖުލައި 2025 - 10:41
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ފަށައިފިއެވެ.
މި ޕްރޮގްރާމް ފަށާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ،
މި ޕްރޮގްރާމަކީ، ޑޮކްޓަރުކަން ކިޔަވާ ދަރިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނުވަތަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމެކެވެ.
ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް ޑޮކްޓަރުކަމުގެ ފާސް ލިބެނީ އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަކުރުމުންނެވެ.
އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފެށި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަކީ އަތޮޅު ތެރޭގައި ފެށި މިކަހަލަ ފުރަތަމަ ޕްރޮގްރާމެވެ.
މާލެ ސަރަހައްދުން އައިޖީއެމްއެޗާއި އޭޑީކޭ އިން މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ފަށާފައިވާއިރު، ހުޅުމާލޭ ހޮސްޕިޓަލުގައިވެސް މިހާރު މި ޕްރޮގްރާމް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
އިންޓަރންޝިޕް ޕްރޮގްރާމްގެ ދަށުން ގިނަ އަދަދެއްގެ ދަރިވަރުން ކޮންމެ އަހަރަކުވެސް މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި ތަމްރީން ވަމުންދެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން