logo

އުއްމީދުތަކުގައި ކުލަޖައްސައި ދޭނީ އިހުލާސްތެރިން: ރައީސް

profile

ޝަހްޒާ މުޙައްމަދު - 03 ނޮވެމްބަރު 2025 - 04:58

މާދަމާގެ އުފާފާގަތި ކަމަށް ދިވެހީން ކުރާ އުންމީދުތަކުގައި ކުލަ ޖައްސައިދޭނީ މުރާލިކަމާއެކު ހިދުމަތް ކުރާނެ އިހުލާސްތެރިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ނަޞްރުގެ ދުވަހާ ގުޅިގެން ޙިއްސާކުރެއްވި ޕޯސްޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު މި ޤައުމު ދިފާޢުކޮށްދިން ހިތްވަރުގަދަ ދަރީން ސާބިތުކޮށްދިނީ، އަލިރަސްގެފާނާއި ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ފަދައިން، މި ޤައުމުގެ ސިޔާދަތާއި މިނިވަންކަން އިސްކޮށް، ޤައުމު ގޮވައިލި ކޮންމެ ވަގުތަކު ހިތާއި ރޫޙުން އިޖާބަދޭން ތިބި ފަހުލަވާނުން މި ފަސްގަނޑުގައި އަބަދުމެ ތިބޭނެކަން ކަމަށެވެ.

ރައީސް ވިދާޅުވީ މާދަމާގެ އުފާފާގަތިކަމަށް ދިވެހީންކުރާ އުންމީދުތަކުގައި ކުލަ ޖައްސައިދޭނީ، ކޮންމެ ދާއިރާއަކުންވެސް ވަޠަނުގެ ކުރިއެރުމާއި މަޞްލަޙަތަށް އިސްކަންދީ، މުރާލިކަމާއެކު ޚިދުމަތްކުރާނެ އިޚްލާޞްތެރީން ކަމަށެވެ. އަދި މިފަދަ އިޚުލާސްތެރި ދަރީން މި ޤައުމުގައި ގިނަކޮށްދެއްވުން އެދި ރައީސްވަނީ ދުޢާ ކުރައްވާފައެވެ. އަދި ނަޞްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަނީ، ދިވެހިންގެ ބަޔަކާ ގުޅިގެން ލަންކާގެ ތަމަޅައިންގެ ބަޔަކު ރާއްޖެއަށް 1988 ނޮވެންބަރު ތިންވަނަ ދުވަހު ހަމަލާދިނުމުން، އެމީހުންނަށް ރައްދު ހަމަލާދީ ދިވެހި ސިފައިން އެމީހުންގެ މައްޗަށް ހޯދި ނަސްރާއި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުންނެވެ.

https://wamco.com.mv/
tel:+9607331319