logo
 ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު / ފޮޓޯ: މަޖިިލިސް

ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު / ފޮޓޯ: މަޖިިލިސް

ސިއްހީ ދާއިރާއަށް އަންނަ އަހަރަށް 10.2 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ: ޒަރީރު

profile

މުޙައްމަދު ފަޟްލޫން - 30 އޮކްޓޯބަރު 2026 - 10:27

ސިއްހީ ދާއިރާއަށް އަންނަ އަހަރަށް 10.2 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ހިމެނިފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅަމުން ޒަރީރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދޭން ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށެވެ.

ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރުމުގެ ގޮތުން މޯލްޑިވްސް ޓާޝަރީ ގްރޫޕް އުފައްދަން އަންނަ އަހަރު ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބަލި މީހުންނަށް ދެވޭ ފަރުވާގެ ފެންވަރު މަތިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހޮސްޕިޓަލްތަކަށް ބޭނުންވާ މެޑިކަލް ކޮންސިއުމެބަލްސް އާއި އިކުއިޕްމެންޓްސްތައް މަރުކަޒީ ނިޒާމެއްގެ ދަށުން އިންތިޒާމް ގާއިމްކުރުމަށް ބަޖެޓްގައި އިސްކަމެއް ދީފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސްޓޭޓް ފާމަރ މެދުވެރިކޮށް ބޭސް ހޯދުމުގެ ނިޒާމް ހަރުދަނާކޮށް އަސާސީ ބޭހާއި ކޮންސިއުމެބަލްސް ފަސޭހައިން ލިބޭނެ މަގުފަހިކުރުމަކީ އަމާޒެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން އެކްސްރޭގެ ހިދުމަތާއި ކަރުންމަތީގެ ބަލިތަކާއި އަންހެނުންގެ ބަލިތަކާއި ވިހެއުމާއި ދަރިމައިވުމާއި ގުޅޭ ހިދުމަތްތައް ތަރައްގީކުރުމުގެ އިތުރުން އެހެނިހެން ޝްޕެޝަލައިޒްޑް ހިދުމަތްތައް ގާއިމްކުރަން އަންނަ އަހަރުގެ ބަޖެޓްގައި ހާއްސަ އިސްކަމެއް ދީފައިވާކަން މިނިސްޓަރ ގެ ވާހަކައިގައި ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319